
ރޯވެ އަނދަމުންދަނީ އީސީގެ މަރުކަޒަކާއި ޖެހިގެންހުރި ގުދަނެއްގައި: ވޯޓާސް ލިސްޓުގައި ސޮއިކުރުން މެދުކަނޑާލައިފި
# އިލެކްޝަން ކޮމިޝަންމާލޭގެ ޕްރައިމް ގުދަނުގައި އަލިފާން ރޯވުން :- ފޮޓޯ އަހުމަދު ރީހާން
މިރޭ މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ގުދަނަކީ އިލެކްޝަންސްގެ ކޮމިޝަންގެ މަރުކަޒާއި ޖެހިގެން ހުރި ގުދަނެއްގައި ކަމަށާއި މިކަމާއި ގުޅިގެން އެމަރުކަޒުގެ ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލައިފި އެވެ.

އީސީން މިރޭ ނެރުނު ކުރު ބަޔާނެއްގައި ބުނީ އީސީގެ އިންތިޚާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގާ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާތީ، މިވަގުތައް ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މެދުކަނޑާލާފައިވާ ކަމަށެވެ.
އެގޮތުން ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ތާރީޚެއް ފަހުން އަންގާނެކަމަށްވެސް އީސީން ވަނީ ބުނެފައި އެވެ.
އިތުބާރުހުރި މަސްދަރަކުން ގާފު ނޫހަށް ކަށަވަރުކޮށްދިން ގޮތުގައި ރޯވި ގުދަނަކީ ފާޓިލައިޒާގެ ގޮތުގައި ނުވަތަ ގަސްކާނާގެ ގޮތުގައި ބޭނުންކުރާ ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެކެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަގޮތުގައި އެ ގުދަނުގައި ވަނީ ވަރަށް ބޮޑަށް ރޯވެފަ އެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ މާލެ، މާފަންނު، ފުލޫނިޔާމަގުގައި ހުންނަ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން ހަރަކާތްތެރިވަމުން ދާކަމަށެވެ.
އަދި އެމްއެންޑީއެފުންވެސް ވަނީ މ.ތޮއިބާ މިސްކިތް ކައިރީ ހުރި ގުދަނެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުންދާކަން ކަށަވަރުކޮށްދީފައި އެވެ.
ގުޅުންހުރި

ޕްރައިމް ގުދަނުގައި ރޯވުން: ގުދަނާއި އިންވެގެން ހުރި އީސީ މަރުކަޒުގެ ހުރިހާ މަސައްކަތްތަކެއް ވަގުތީގޮތުން ސޯޝަލް ސެންޓަރަށް!

ރޯވެ އަނދަމުންދަނީ އީސީގެ މަރުކަޒަކާއި ޖެހިގެންހުރި ގުދަނެއްގައި: ވޯޓާސް ލިސްޓުގައި ސޮއިކުރުން މެދުކަނޑާލައިފި

ތިން އިންތިހާބުގެ ވޯޓު ކަރުދާސް ޗާޕް ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް!

.gif&w=3840&q=75)



