logoEN
Sto top
އައިޖީއެމްއެޗްގައި ފްލޫ ކްލިނިކްގެ ޚިދުމަތް ފަށައިފި

އައިޖީއެމްއެޗްގައި ފްލޫ ކްލިނިކްގެ ޚިދުމަތް ފަށައިފި

އަހުމަދު ޝުރާއު

logo

1/18/2026, 8:06:34 AM

# އައިޖީއެމްއެޗް

-

އުމުރާގެ އަޅުކަމުން އެނބުރި އަންނަ ފަރާތްތަކަށް ޚާއްޞަކޮށް ފްލޫ ކްލިނިކެއް ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގައި ގާއިމްކޮށްފި އެވެ.

Wamco

އައިޖީއެމްއެޗުން މިއަދު ބުނީ އުމުރާގެ އަޅުކަމުން އެނބުރި އަންނަ ފަރާތްތަކަށް ޚާއްޞަކޮށް ފްލޫ ކްލިނިކެއް މިހާރު ޤާއިމުކޮށްފައިވާ ކަމަށާއި މި ކްލިނިކުން ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް އެ ހޮސްޕިޓަލްގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10 އިން ކަމަށެވެ.

އެގޮތުން މި ކްލިނިކަށް އަންނަ ފަރާތްތަކުން ފުރަތަމަ ދާން ޖެހޭނީ އީ.އާރް ޓްރައިޖަށް ކަމަށާއި ކިއުބީ ޓޯކެން ސިސްޓަމްއިން ފުލޫ ކުލިނިކުގެ ޓޯކެން ނަމްބަރެއް ނެގުމަށްފަހު، ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ވަޑައިގަތުމަށް ޓްރައޭޖްއިން އިރުޝާދު ދޭނެ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައި އެވެ.

މިއަހަރަކީ ދިވެހި ތާރީހުގައިވެސް ބޮޑު ޗުއްޓީއެއްގައި އެންމެ ގިނަ ދިވެހީން އުމްރާގެ އަޅުކަމަށް ދިޔަ އަހަރެވެ. އެގޮތުން އުމްރާގެ އަޅުކަމަށް ދިޔަ ގިނަ ބަޔަކު މިހާރު ރާއްޖެ އަންނަމުންދާއިރު ނޭވާލާ ނިޒާމުން ފެތުރޭ ބަލިތައް ދަނީ އިތުރުވަމުންނެވެ.

View post on Twitter

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޑެންގީހުންވެސް ހިމެނޭހެން މި ދުވަސްވަރު އަރިދަފުސް ރޯގާއާއި އިންފްލުއެންޒާގެ ކޭސްތައް ފެންނަމުންދާ މިންވަރުވެސް ދަނީ އިތުރުވަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC