logoEN
WAMCO TOP 1
"އެމްސީޖީއެޗް އޮޕްޓިކަލްސް" ފިހާރަތަކުން  23،000 އައިނު ދޫކޮށްފި

"އެމްސީޖީއެޗް އޮޕްޓިކަލްސް" ފިހާރަތަކުން 23،000 އައިނު ދޫކޮށްފި

# އައިޖީއެމްއެޗް# އައިނު ފިހާރަތައް# އެމްސީޖީއެޗް އޮޕްޓިކަލްސް

އައިޖީއެމްއެޗް ހޮސްޕިޓަލްގެ އެމްސީޖީއެޗް އޮޕްޓިކަލްސް

ސަރުކާރު ހޮސްޕިޓަލްތަކުގައި ޤާއިމްކުރި "އެމްސީޖީއެޗް އޮޕްޓިކަލްސް" ފިހާރަތަކުން މިހާތަނަށް 23،000 އަށްވުރެ ގިނަ މީހުންނަށް އައިނު ދޫކޮށްފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އިން މައުލޫމާތުދީފި އެވެ.

THE TRAVELLER AD

ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް މައުލޫމާތު ދެމުން އެމްސީޖީއެޗުން ބުނީ އެމްސީޖީއެޗް އޮޕްޓިކަލްސް ފިހާރަތަކުން މިހާތަނަށް 23،847 އައިނު ހައްދާފައިވާއިރު، މިހާރުވެސް ގިނަ އަދަދެއްގެ އައިނު ތައްޔާރުކޮށް ހަވާލުކޮށްފައިވާ ކަމަށެވެ.

މިހާތަނަށް އެމްސީޖީއެޗް އޮޕްޓިކަލްސްގެ އައިނު ފިހާރަތައް ގާއިމުކޮށްފައިވަނީ 4 ހޮސްޕިޓަލެއްގަ އެވެ. އެއީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)، ހުޅުމާލެ ހޮސްޕިޓަލް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގަ އެވެ.

އެމްސީޖީއެޗުން ވަނީ މި ފިހާރަތަކުން ހައްދާ ނިންމާފައިވާ އައިނުތައް އަދި އައިނު ހެއްދުމަށް މިހާރު އޯޑަރުކޮށްފައިވާ ތަފާސް ހިސާބުތައް ހިއްސާކޮށްފަ އެވެ.

އެގޮތުން އެންމެ ގިނައިން އައިނު ހައްދާފައިވަނީ އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލް އައިނު ފިހާރައިންނެވެ. އެއީ އައިޖީއެމްއެޗުން 13،595 އޯޑަރު ލިބިފައިވާއިރު، 12،507 އައިނު ނިންމާ ހަވާލުކޮށްފައިވެ އެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ އައިނު ފިހާރައަށް ޖުމްލަ 8،934 އޯޑަރު ލިބިފައިވާއިރު، އޭގެތެރެއިން 8،247 އައިނު ހައްދައި ވަނީ ހަވާލުކޮށްފަ އެވެ.

މީގެއިތުރުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އައިނު ފިހާރައަށް 8،934 އޯޑަރު ލިބިފައިވާއިރު، އޭގެތެރެއިން 8،247 އައިނު ހައްދައި ވަނީ ހަވާލުކޮށްފަ އެވެ. އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އައިނު ފިހާރައަށް ލިބުނު 2,096 އޯޑަރުގެ ތެރެއިން 1,746 އައިނު ހައްދައި ހަވާލުކޮށްފައިވާއިރު، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ އައިނު ފިހާރައަށް ލިބުނު 1,650 އޯޑަރުގެ ތެރެއިން 1,347 އައިނު ހައްދައި ވަނީ ހަވާލުކޮށްފަ އެވެ.

އެމްސީޖީއެޗް އޮޕްޓިކަލްސްގެ ހިދުމަތަކީ އާސަންދައިގެ ދަށުން އަގު ހެޔޮކޮށް އައިނު ހެއްދުމުގެ ފުުރުސަތު ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެ ވައުދުގެ ދަށުން ފެށި ހިދުމަތެކެވެ.އަދި މި ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން މި އަހަރުގެ ޖެނުއަރީ 15 އިން ފެށިގެން އާސަންދައިގެ ހިދުމަތް ދޭން ރަޖިސްޓްރީވެފައިވާ އަމިއްލަ 18 ތަނަކުން ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން އައިނު ހެއްދުމުގެ ހިދުމަތް ލިބޭނެކަން އާސަންދަ ކުންފުނިން ވަނީ އިއުލާންކޮށްފަ އެވެ. އޭގެތެރޭގައި އޭޑީކޭ ހޮސްޕިޓަލާއި، އައިކެއާގެ ބްރާންޗުތަކާއި، އެޑްވާންސް އައި ކްލިނިކާއި، ސިޓީ އޮޕްޓިކަލްއާއި، ވިޜަން ކްލިނިކް އަދި ސެނަހިޔާ އަދި މެޑިކަލް ސެންޓަރުތައް ހިމެނޭ ކަމަށް އާސަންދަ ކުންފުނިން ބުނެފައިވެ އެވެ.

ކޮމެންޓް
ފަހުގެ
HDC