
ފޮޓޯ: ހެލްތު މިނިސްޓްރީ
އެމްބިއުލާންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރަށަކަށް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން 56 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ޙަވާލުކޮށްފިއެވެ.

ސިއްޙީ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އަތޮޅު ހޮސްޕިޓަލް އަދި ސިއްޙީ މަރުކަޒުތަކާ އެމްބިއުލާންސްގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެކި މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވާ އެރަށްރަށުގައި ހުރި އެކި މައްސަލަތައް އަމިއްލަފުޅަށް ނޯޓު ކުރައްވަމުން ގެންދެވި ކަމަށެވެ. އެގޮތުން އެ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސިއްޙީ ނިޒާމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އާބާދީ ބެހިފައިވާގޮތުންވެސް ޚިދުމަތް ފޯރުކޮށްދިނުމުގައި ގޮންޖެހުންތައް ދިމާވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ސިއްޙީ ނިޒާމުގައި ހުރި ގޮންޖެހުންތަކުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި އެމްބިއުލާންސްގެ ޚިދުމަތް ނުދެވުން ވަޒީރު ފާހަގަކުރެއްވިއެވެ. ބައެއް ރަށްތަކުގައި އެމްބިއުލާންސް ލިބި އެހެންނަމަވެސް މެއިންޓަނަސް ނުކުރެވެވުމުގެ ސަބަބުން ހަލާކުވެފައި އެބަހުރިކަމަށް ވަޒީރު ވިދާޅުވިއެވެ.
މިކަމަށް ހައްލު ހޯދުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ސިޔާސަތުތަކެއް ކަނޑައަޅައި އެމްބިއުލާންސް ބޭނުންވާ ތަންތަނަށް އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތް ފެއްޓެވިކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން އެ ވުޒާރާއިން އެމްޕީއެލްއާއި އެ މަސައްކަތް ހަވާލުކޮށް މި މަސައްކަތުގެ ފުރަތަމަ 56 އެމްބިއުލާންސް ރަށްތަކާ ހަވާލު ކުރެވިގެން ދިޔުމަކީ ރައީސް އެކަމަށް ދެއްވާ އަހަންމިޔަތުކަން ހާމަވެގެންދާ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ބޮޑެތި ސިޓީތަކަށް ބޭނުންވާ އެމްބިއުލާންސްވެސް ފޯރުކޮށްދެވިގެންދާނެކަމަށެވެ.
"އެމްޕީއެލްއެކީ ވެފައިވާ އެއްބަސްވުމުގެ ދަށުން އިތުރު އެމްބިއުލަންސްވެސް އެބަ އާދޭ. ބޮޑެތި ސިޓީތަކަށް ބޭނުންވާ ރައީސް އެދިލައްވާގޮތައް ބޮޑެތި ޕެރެމެޑިކް ބޮޑެތި ސައިޒުގެ ބޮޑެތި ނުރައްކާތެރި ހާލައްތަކުގައިވެސް ހިދުމަތް ދެވޭ ފެންފަރުގެ އެމްބިއުލާންސް އެބައާދޭ. މުޅި މިނިޒާމުގެ ފުރިހަމަވެގެންދާނެ" ވަޒީރު
ވަޒީރު ވިދާޅުވީ އެމްޕީއެލްއާއި އެކުވެފައިވާ އެއްބަސްވުމުގެ ދަށުން އެ އެމްބިއުލާންސްތައް މެއިންޓެނެންސްކުރުމުގެ އެންމެހާ މަސަައްކަތްވެސް އެމްޕީއެލްއިން ކުރާގޮތަށް ހަމަޖެހިފައިވާކަމަށެވެ. 56 އެމްބިއުލާންސް ގެނައުމުގެ މަސައްކަތަކީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުގެ ތެރެއިން މިދިޔަ އަހަރު ހަވާލު ކުރެވުނު މަސައްކަތެކެވެ.
މި މަޝްރޫޢަށް 65.3 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. 3 ބުރަކަށް ބަހާލައިގެން އެމްޕީއެލްއިން ވަނީ މިހިނގާ ޖަނަވަރީ މަހުގެ ތެރޭގައި ހުރިހާ އެމްބިއުލާންސްތަކެއް ރާއްޖެއަށް ގެނެސްފައެވެ.
މި އެމްބިއުލާންސްތަކުގެ އިތުރުން، މިއަހަރުގެ ތެރޭގައި އިތުރު 31 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސްތަކަކާއި، ގްރޭޓަރ މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް އެތަންތަނަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެވި އެ ޚިދުމަތްވެސް ފެށިގެންދާނެ ސިއްޙީ ވުޒާރާއިން ބުންޏެވެ.
ގުޅުންހުރި

56 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ޙަވާލުކޮށްފި

އޭއެސްއެމްއެޗް ޓާޗަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށިގެން ކުރިޔަށް: މިއަހަރު އެމްއާރްއައިގެ ހިދުމަތް ފެށޭނެ!

ޞިއްޙީ މަރުކަޒުތަކުން ދެވޭ ޚިދުމަތްތައް ހަރުދާނާކުރުމަށް ސޮފްޓްވެއާރތައް ބޭނުންކުރަނީ





