logoEN
Sto top
ކިއު ސްޓަޑީ ނަމުގައި ސްކޭމެއް ހިންގަނީ، ސަމާލުވާން އެދިއްޖެ!

ކިއު ސްޓަޑީ ނަމުގައި ސްކޭމެއް ހިންގަނީ، ސަމާލުވާން އެދިއްޖެ!

# ޒެޑެކްސް ސްޓަޑީ އެބްރޯޑް# ޒައި އިންވެސްޓްމެންޓް# ކިއު ސްޓަޑީ# މަތީ ތައުލީމް

ކިއު ސްޓަޑީ ނަމުގައި އޮޅުވާލައިގެން އިންޓަނޭޝަނަލް އެޑިއުކޭޝަން އެކްސްޕޯ އެއް މާލޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އެދިއްޖެ އެވެ.

Wamco

ކިއު ސްޓަޑީ މޯލްޑިވްސްގެ ވެރިފަރާތް ޒައި އިންވެސްޓްމެންޓުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، Q Study Maldives, Q Study, Q Study World, Q World, International Education Expo, Q World Expo Study Abroad, International Study Abroad Educational Expoމި އެންމެހާ ނަންތަކަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން ޒައި އިންވެސްޓްމަންޓަށް ރަޖިސްޓަރ ކޮށްފައިވާ އެކުންފުނީގެ ނަންތަކެއް ކަމަށެވެ. އަދި ފާއިތުވެ ދިޔަ 7 އަހަރު ދުވަހު މި ނަންތަކުގައި ވަރަށް ގިނަ ކާމިޔާބު އެޑިއުކޭޝަނަލް ފެއަރ އަދި އެކްސްޕޯތަކެއް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާފައިވާ ކަމަށެވެ.

ޒައި އިންވެސްޓުމެންޓުން ވަނީ އެކުންފުނީގެ ބެލުމުގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނަ އަދަދެއްގެ ކުދިން ވަނީ މަތީ ތަޢުލީމު ހާސިލުކުރުމަށް ފޮނުވާފައެވެ.ނަމަވެސް، ބޭރު ބަޔަކާއި ގުޅިގެން، "ލީގަލް އެއިޑް އެލް.އެލް.ޕީ" ކިޔާ ބަޔަކު ވަނީ MY Q STUDY ގެ ނަމުގައި ވިޔަފާރި ނަމެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުގައި ރަޖިސްޓަރީކޮށްފައެވެ.

މިއީ ޒައި އިންވެސްޓުމެންޓުގެ ނަމުގައި ރެޖިސްޓަރކޮށްފައިވާ Q Study އަދި Q Study Maldives ގެ ނަން އޮޅުވާލައިގެން ކުރިއަށް “My” އިތުރުކޮށް ހިންގަމުން އަންނަ ޖަރީމާއެއް ކަމަށް އެކުންފުނިން ބުންޏެވެ.

ޒައި އިންވެސްޓުމެންޓުން ބުނީ މިކަން ސަމާލުކަމަށް އައުމާއި ގުޅިގެން އެނަން ބަދަލުކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ވަނީ "ލީގަލް އެއިޑް އެލް. އެލް. ޕީ" އަންގާފައެވެ. ނަމަވެސް ނަން ބަދަލު ކުރުމަށް އަންގާފައިވަނިކޮށް މިހިނގާ ޖަނަވަރީ މަހުގެ 16 އަދި 17 ވަނަ ދުވަހު ބާސެލޯ ނަސަންދުރަ ހޮޓަލުގައި MY Q STUDY އަދި INTERNATIONAL STUDY ABROAD EDUCATION EXPO ގެ ނަން ބޭނުންކޮށްގެން އެޑިއުކޭޝަނަލް އެކްސްޕޯ އެއް ބޭއްވުމަށް މާލެ މަގުތަކާއި ސޯޝަލް މީޑިޔާ މެދުވެރިކޮށް އިޝްތިހާރު ކުރަމުންނެވެ. Q STUDY MALDIVES އަދި INTERNATIONAL STUDY ABROAD EDUCATION EXPO ގެ ނަން ބޭނުންކޮށްގެން އަދި އަޅުގަނޑުމެންގެ ރެޖިސްޓަރޑް ލޯގޯ ބޭނުންކޮށްގެން ދަރިވަރުންނާއި ބެލެނިވެރިނަށް އޮޅޭގޮތަށް ބަޔަކު ހިންގަމުންދާ ހަރަކާތްވަނީ ދައުލަތުގެ ކަމާ ގުޅޭ އެންމެހާ ފަރާތްތަކުގެ ސަމާލުމަކަށް ގެނެސްފައެވެ. އަދި INTERNATIONAL STUDY ABROAD EDUCATION EXPO ގައި އެކްސްޕޯ އެއް ހިންގުމުގެ ހުއްދަ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން އެއްވެސް ފަރާތަކަށް ދީފައިނުވާކަން އެ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

މިއީ Q STUDY ގެ ނަން އަދި INTERNATIONAL STUDY ABROAD EDUCATION EXPO ގެ ނަން ބޭނުން ކޮށްގެން އާންމު މުޖުތަމަޢަށް، ޚާއްސަކޮށް ދަރިވަރުންނާއި ބެލެނިވެރިންނަށް އޮޅޭގޮތަށް ބަޔަކު ހިންގަމުންދާ ހީލާތްތެރި ޢަމަލެއްކަން ފާހަގަކޮށް މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ޒައި އިންވެސްޓުމަންޓުން ބުނެއެވެ.

ބާސެލޯ ނަސަންދުރަ ހޮޓަލްގައި 2026 ޖަނަވަރީ 16 އަދި 17 ގައި ބޭއްވުމަށް އިސްތިހާރުކުރަމުންދާ އެޑިއުކޭޝަނަލް އެކްސްޕޯ އަކީ Q STUDY MALDIVES އަދި INTERNATIONAL STUDY ABROAD EDUCATION EXPO އާއި އެއްވެސް ގުޅުމެއް އޮތް އެކްސްޕޯ އެއް ނޫންކަން އެކުންފުނިން ބުނެއެވެ. އަދި MY Q STUDY އަކީވެސް Q STUDY MALDIVES އާއި އެއްވެސް ގުޅުމެއް ވާ ފަރާތެއް ނޫން ކަމަށާއި މި ސްކޭމުގައި ނުޖެހުމަށް ދަރިވަރުންނާއި ބެލެނިވެރިންނަށް ދަންނަވާ ކަމަށް ޒައި އިންވެސްޓުމެންޓުން ބުނެއެވެ.

ކިއު ސްޓަޑީ މޯލްޑިވްސްގެ ނަން ބޭނުން ކޮށްގެން އާންމު މުޖުތަމަޢަށް އޮޅޭގޮތަށް އެޑިއުކޭޝަނަލް އެކްސްޕޯ ހިންގުމަށް އިޝްތިހާރުކުރަމުން އަދި ދަރިވަރުން އަތުން ފައިސާ ނަގަމުން ދާކަމުގެ މަޢުލޫމާތު ލިބިފައިވާތީވެ މިކަމާއި ގުޅިގެން އަޅަންޖެހޭ އެންމެހާ ޤާނޫނީ ފިޔަވަޅު އެޅުމަށައި އަދި މިކަމާއި ގުޅިގެން ސިވިލްކޯޓަށް ދައުވާ އުފުލިފައިވާ ކަމަށްވެސް ޒައި އިންވެސްޓުމަންޓުން ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC