ކިއު ސްޓަޑީ މޯލްޑިވްސް ރީބްރޭންޑްކޮށްފި: މިހާރު އެއީ ޒެޑެކްސް ސްޓަޑީ އެބްރޯޑް!
# ޒެޑެކްސް ސްޓަޑީ އެބްރޯޑް-
ދިވެހިރާއްޖޭގެ އެންމެ ފުޅާދާއިރާއެއްގައި ސްޓޫޑެންޓް ކޮންސަލްޓެންސީ ހިދުމަތް ދެމުން އަންނަ ކިއު ސްޓަޑީ މޯލްޑިވްސް ރަސްމީކޮށް ޒެޑެކްސް ސްޓަޑީ އެބްރޯޑް އަށް ރީބްރޭންޑްކޮށްފި އެވެ.

ޒެޑެކްސް ސްޓަޑީ އެބްރޯޑްގެ އައު ބްރޭންޑިންގ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު އޮތީ މިރޭ މާލޭގެ ހޮޓެލް ޖެންގައި އެވެ. އެގޮތުން އެކުންފުނި ރަސްމީކޮށް ރީބްރޭންޑްކޮށްދެއްވި ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް އެވެ.
ދިހަ އަހަރު ދުވަހުގެ ކާމިޔާބު ދިގު ތާރީހެއް އޮތް އެ ކުންފުނިން ވަނީ ރާއްޖޭގެ ދަރިވަރުންނަށް މަތީތައުލީމު ހާސިލްކުރުމަށް ރާއްޖެއިން ބޭރުގެ، ޔުނިވަރސިޓީތަކުން ފުރުސަތު ހޯދައިދިނުމުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެފައެވެ. އެ ކުންފުނީގެ މަސައްކަތްތަކަށް ބަލައިލާއިރު، މިއަދާ ހަމައަށް އެ ކުންފުނީގެ އެހީގައި 600 އަށްވުރެ ގިނަ ދަރިވަރުން ދުނިޔޭގެ އިތުބާރު ހޯދާފައިވާ ޔުނިވާސިޓީތަކުން ތައުލީމު ހާސިލްކޮށްފައިވެއެވެ.
އެކުންފުނީން ވަނީ ކިއު ސްޓަޑީ މޯލްޑިވްސް އިން ޒެޑެކްސްއަށް ސްޓަޑީ އެބްރޮޑަށް ރީ ބްރޭންޑް ކުރެވި، ދިވެހި ވަންތަ ޚިދުމަތްތަކެއް ދިނުމުގެ އިތުރުން، މި ޚިދުމަތްތަށް އިތުރަށް ފުޅާކުރުމަށް ނިންމާފައި އެވެ. އެގޮތުން، 2026 ގެ ނިޔަލަށް ޒެޑެކްސް މެދުވެރިކޮށް ކިޔަވަންދާ 2 ދަރިވަރަކަށް "ޤިބްލަ" މެދުވެރިކޮށް އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މީގެ އިތުރުން، މަތީ ތައުލީމު ހާސިލުކުރުމަށް ދަރިވަރުން ކުރާ ދަތުރުތަށް ވީހާވެސް އޮމާން ކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ޒެޑެކްސްގެ އޮފިޝަލް ޓެރެވަލް ޕާޓްނަރަކަށް ކޮންސިއާރޖް ގްރޫޕް މޯލްޑިވްސް – ބަޓިކް އެއަރ ގެ ޖެނެރަލް ސޭލްސް އޭޖެންޓް ވަނީ ހަމަޖައްސާފައި އެވެ. މީގެ ސަބަބުން، ދަރިވަރުންނާއި ބެލެނިވެރިންގެ ޓިކެޓުގެ އަގާއި ކާގޯ ސާވިސަސްގެ ރޭޓު އަތް ފޯރާފަށަށް ތިރިކުރެވިގެންދާނެ ކަމަށް އެކުންފުނީން މައުލޫމާތު ދެއެވެ. އަދި މީގެ އިތުރުން ދަރިވަރުންނަށް އެއަރޕޯޓުތަކުން ލައުންޖުގެ ސަރވިސް ލިބުން ފަދަ އިތުރު ހިދުމަތްތައްތައް މި ރީބްރޭންޑިންގްގެ ދަށުން ރޭވިފައިވާކަމަށް މައުލޫމާތު ދެއެވެ.
ރީބްރޭންޑްއާ ބެހޭގޮތުން ކުންފުނީގެ ވެރިފަރާތް 'އަހުމަދު ޒައިން ނާޒިމް' ވިދާޅުވީ ޒެޑެކްސް ސްޓަޑީ އެބްރޯޑުގެ ނަމުގައި ހުޅުވާލެވިގެން މި ދާ އައު ސޮފްއާއަކީ، ދަރިވަރުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ތައުލީމު ހޯދައިދިނުމަށް އެކުންފުނީން ގެންގުޅޭ ތަސައްވުރާއި، ކުރަމުން ގެންދާ މަސައްކަތަށް ލިބިގެންދިއަ ކުރިއެރުން ދައްކުވައިދޭނެ ސޮފްހާއެއް ކަމަށެވެ.
މިރޭގެ ޚާެއްސަ ރަސްމިއްޔާތުގައި ދައުލަތުގެ އިސް ފަރާތްތަކާއި، ދަރިވަރުންނާއި، ބެލެނިވެރިން އަދި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރަމުން ގެންދަވާ ބައެއް ބޭފުޅުންނެއް ބައިވެރިވެވަޑައިގެންނެވި އެވެ.
ކުރިން ކިއު ސްޓަޑީ މޯލްޑިވްސްގެ ނަމުން މަޝްހޫރުވެފައިވާ ޒެޑެކްސް ސްޓަޑީ އެބްރޯޑް އަކީ ދުނިޔޭގެ ނަން މަޝްހޫރު ޔުނިވާސިޓީތަކުގައި މަތީ ތައުލީމުގެ ފުރުސަތުތަކާ ދިމާލަށް ރާއްޖޭގެ ދަރިވަރުންނަށް މަގުދައްކައިދިނުމަށް ޚާއްސަ ކުންފުންޏެކެވެ. އެ ދަރިވަރެއްގެ ހާލަތާއި ބައްދަލުކުރާ އެހީގެ އިތުރުން އިތުބާރު ހުރި ޕާޓްނަޝިޕްތަކާއެކު، ޒެޑެކްސް އިން ދަނީ ދަރިވަރުންގެ ލަނޑުދަނޑިތައް ހާސިލް ކުރުމުގެ ބައިވެރިއަކަށްވެ، މުޖުތަމައުއަށް ފައިދާހުރި ޒުވާނުން ނެރުމުގައި ބޮޑު ރޯލެއް އަދާކުރަމުންނެވެ.