logoEN
Sto top
ކިއު ސްޓަޑީގެ އެޑިއުކޭޝަން އެކްސްޕީ މި ހަފްތާ ބަންދުގައި: ބޭރުގެ ގިނަ ޔުނިވާސިޓީތަކަކުން ބައިވެރިވޭ!

ކިއު ސްޓަޑީގެ އެޑިއުކޭޝަން އެކްސްޕީ މި ހަފްތާ ބަންދުގައި: ބޭރުގެ ގިނަ ޔުނިވާސިޓީތަކަކުން ބައިވެރިވޭ!

އަހުމަދު ޝުރާއު

logo

6/18/2025, 8:55:21 AM

# ކިއު ސްޓަޑީ

-

ރާއްޖެއިން ބޭރުން ލިބެންހުންނަ މަތީތަޢުލީމާ ތަމްރީނުތަކުގެ ފުރުސަތުތަކުގެ މައުލޫމާތު ދިވެހީންނަށް ފޯރުކޮށްދިނުމަަށް ބާއްވާ އެޑިއުކޭޝަން އެކްސްޕޯއަކަށް ކިޔު ސްޓަޑީއިން ތައްޔާރުވެެއްޖެ އެވެ.

Wamco

މިމަހުގެ 20 އަދި 21 ވަނަ ދުވަހު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގައި ހުރި އެންމެ މަތީ ފަންތީގެ ހޮޓާ ކަމަށްވާ ބާސެލޯ ނަސަންދުރާގައި އެވެ. މި އެކްސްޕޯ ކުރިޔަށްދަނީ ހަވީރު 6:00 އިން ރޭގަނޑު 10:00 އަށެވެ.

އެކްސްޕޯ އިންތިޒާމްކުރާ ކިޔު ސްޓަޑީއިން މައުލޫމާތު ދޭގޮތުގައި މިއެކްސްޕޯގައި 15 ގައުމަކުން 35 އަށްވުރެ ގިނަ ޔުނިވަސިޓީން ބައިވެރިވެ އެ ޔުނިވަސިޓީތަކުން ދިވެހި ދަރިވަރުންނަށް ލިބެން ހުރި ފުރުސަތުތަކުގެ މައުލޫމާތުތައް ފޯރުކޮށްދޭނެ އެވެ.

ކިޔު ސްޓަޑީއިން ހާމަކުރާގޮތުގައި އެހެން އެޑިއުކޭޝަން އެކްސްޕޯތަކާއި މި އެކްސްޕޯއާއި ތަފާތުވަނީ ކިޔު ސްޓަޑީ އިން ތައުލީމު ހާަސިލުކުރުމަށްްދާ ދަރިވަރާ ބާއްވާ ގާތްކަމެވެ. މިގޮތުން ޔުނިވަސިޓީއާއި ކިޔަވަން ދާން ބޭނުންވާ ދަރިވަރާއި ދެމެދު ބަދަލުކުރެވޭ ލިޔެކިޔުންތަކުގެ އެންމެހާ ކަންކަމުގައި އެހީތެރިވުމާއި އަދި ޕްލޭސްމަންޓް ކަށަވަރުވުމަށް ފަހުވެސް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވަނީ ބުނެފައި އެވެ. އެގޮތުން ދަރިވަރު މާލެއިން ފުރުމާއި އަދި ކިޔަވަންދާ ގައުމުގައި ކިޔެވުން ފަށައިގަތުމުގެ ކުރިން ދިމާވާ ކަންކަމުގައި ވެސް ފީއަކާއި ނުލައި އެހީތެރިވާނެ ކަމަށް ކިޔު ސްޓަޑީއިން ވަނީ ފާހަގަކޮށްފައި އެވެ.

undefined

ކިއު ސްޓަޑީއިން ބުނީ މިއެކްސްޕޯއަށް ޒިޔާރަތްކޮށްގެން އައިފޯން 16 އެއް ހޯދުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން ކިޔަވަންދާ ދަރިވަރުންނަށް 250 ޑޮލަރުގެ ކޭޝްބެކް ލިބޭނެކަމަށެވެ.

މިއީ މި ފަހަކުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް މަތީ ތައުލީމާ ބެހޭ އެކްސްޕޯ އެވެ.

ރާއްޖެއިން ބޭރަށް ކިޔަވަން ދާން ބޭނުންވާ ކޮންމެ ދަރިވަރަކަށް މި އެކްސްޕޯ މިއީ ވަރަށް ތަފާތު ތަޖުރިބާއަކަށް ވާނެ ކަމަށް ކިޔު ސްޓަޑީ އިން ފާހަގަކުރެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC