logoEN
Sto top
ޕެންޝަން ފައިސާ ޖަމާނުކުރެވެނީ ފޯރުކޮށްދިން ހިދުމަތްތަކަށް ލިބެންޖެހޭ ފައިސާ ނުލިބޭތީ، މާލެ ސިޓީ ކައުންސިލުން އެކަނިވެސް ދޭންޖެހޭ 98 މިލިއަން އެބަހުރި - ވެމްކޯ

ޕެންޝަން ފައިސާ ޖަމާނުކުރެވެނީ ފޯރުކޮށްދިން ހިދުމަތްތަކަށް ލިބެންޖެހޭ ފައިސާ ނުލިބޭތީ، މާލެ ސިޓީ ކައުންސިލުން އެކަނިވެސް ދޭންޖެހޭ 98 މިލިއަން އެބަހުރި - ވެމްކޯ

އަހުމަދު ޝުރާއު

logo

1/13/2026, 4:50:11 PM

# ވެމްކޯ

-

މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާކުރުމުގައި ދަތިތަކެއް ކުރިމަތިވަނީ ކުންފުންޏަށް ލިބެންޖެހޭ ފައިސާތައް ނުލިބޭތީކަމަށާއި އެގޮތުން މާލެ ސިޓީ ކައުންސިލުން އެކަނިވެސް އެކުންފުންޏަށް 98 މިލިއަން ރުފިޔާ ދޭންޖެހިފައިވާ ހުރި ކަމަށް ވެމްކޯއިން ހާމަކޮށްފި އެވެ.

Wamco

ވެމްކޯއިން މިރޭ ވަނީ އެ ކޯޕަރޭޝަނުގެ މުވައްޒަފުންގެ މުސާރައިން ޕެންޝަންގެ ގޮތުގައި އުނިކޮށްފައިވާ ފައިސާ ޤަވައިދުން ޕެންޝަން ސްކީމަށް ޖަމާކުރެވިފައި ނުވާތީ، އެ މައްސަލައާއި ގުޅިގެން ބަޔާނެއް ނެރެފައި އެވެ.

އެބަޔާނުގައި ބުނެފައިވަނީ އެ ކޯޕަރޭޝަންއިން މުވައްޒަފުންގެ މުސާރައާއި އިނާޔަތް ދެމުން ގެންދަނީ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ އިތުރުން ސަރުކާރުގެ ސަބްސިޑީގެ ގޮތުގައި ލިބޭ މާލީ އެހީތެރިކަމާ އެކުގައި ކަމަށާއި ނަމަވެސް، އެކި ފަރާތްތަކުން ހޯދި ޚިދުމަތްތަކަށް ފައިސާ ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަ ކުރާ ކަމަށެވެ. އޭގެ ތެރޭގައި މާލެ ސިޓީ ކައުންސިލުން މި އެ ކޯޕަރޭޝަނު ހޯދައިފައިވާ ޚިދުމަތްތަކަށް ދައްކަންޖެހޭ 98 މިލިއަން ރުފިޔާ އަދިވެސް ވަނީ ނުލިބި ކަމަށާއި މި ފައިސާ ހޯދަން 2024 އަދި މިދިއަ 2025 ވަނަ އަހަރު ވެސް އެކި ފަހަރު މަތިން، މާލެ ސިޓީ ކައުންސިލާ ބައްދަލުކޮށް މަޝްވަރާތައް ކޮށްފައިވާކަން ވަނީ ހާމަކޮށްފައެވެ.

ބަޔާނުގައި އިތުރަށް ބުނީ ކުންުފުނީގެ ޚިދުމަތް ފުރިހަމައަށް ދިނުމާ އެކު، ދަތިކަމެއް ނެތި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ހަމަޔަށް ދިނުމުގައި އެ ކޯޕަރޭޝަނަށް ލިބެންޖެހޭ އާމްދަނީ ބަރާބަރަށް ލިބިލިބި ހުރުމަކީ މުހިންމު ކަމަކަށްވާތީ، މި ފައިސާ ހޯދައި ދިނުމުގައި މިނިސްޓްރީ އޮފް ފިނޭންސްގެ އެހީތެރިކަމަށް ވެސް އެދިފައިވާ ކަމަށާއި މި ވަގުތު ވެސް އެކަމާ ގުޅޭ މަޝްވަރާތައް މިނިސްޓްރީއާ އެކު ކުރަމުން ގެންދާކަމަށެވެ.

އަދި މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާކުރުމުގައި ހުރި ދަތިތަކާ ގުޅިގެން ޕެންޝަން އޮފީހާއި އެ ކޯޕަރޭޝަނާއި އެކު ވެސް އެކި ފަހަރުމަތީން މަޝްވަރާތައް ކޮށްފައިވާކަން ވެމްކޯއިން ވަނީ ފާހަގަކޮށްފައި އެވެ.

މި ކަންކަމާ އެކު އަވަސް މުސްތަޤުބަލެއްގައި މިކަން ހައްލު ކުރެވި، މުވައްޒަފުންނަށް ހައްޤުވާ ޕެންޝަން ފައިސާ، ޤަވައިދުން ޖަމާކުރުމުގެ އިންތިޒާމްތައް ހަމަޖައްސަމުން ގެންދާކަމަށް ބަޔާން ނިންމާލަމުން އެކުންފުނީން ވަނީ ބުނެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC