
ސްޓެލްކޯގެ ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީއިން ހިންގި ފުރަތަމަ ތަމްރީން ޕްރޮގްރާމް ނިންމައި 10 މުވައްޒަފަކު ތާރީހުގެ ތެރެއަށް!
# ސްޓެލްކޯ-
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވި "ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީ" އިން ހިންގި ފުރަތަމަ ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފި އެވެ.

ސްޓެލްކޯއިން އިއްޔެ ބުނީ "ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީ" އިން ހިންގި ފުރަތަމަ ތަމްރީނު ޕްރޮގްރާމް ނިންމައި، ބައިވެރިންނަށް ސެޓިފިކެޓް ހަވާލުކޮށްފައިވާ ކަމަށާއި "ކަމިންސް ކޭޓީއޭ 19 ސާވިސް ޓްރެއިނިންގ" ގެ ނަމުގައި މި މަހުގެ 4 އިން 12 އަށް ކުރިއަށް ގެންދިޔަ މި ތަމްރީނުގެ ފުރަތަމަ ބެޗުގައި، އަތޮޅުތެރޭގެ އިންޖީނުގެތަކުން 10 މުވައްޒަފަކު ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައިވާ ކަމަށެވެ.
އެގޮތުން މި ތަމްރީނު ޕްރޮގްރާމުގައި މަސައްކަތުގެ މާހައުލުގައި ހިފަހައްޓަންޖެހޭ ފަންނީ އަދި ސުލޫކީ މިންގަނޑުތަކަށް އަހުލުވެރިކުރުވުމުގެ އިތުރުން، ކަމިންސް ކޭޓީއޭ 19 އިންޖީނުގެ އެކި ބައިތައް ދެނެގަތުމާއި، ކަމިންސްގެ ވެބްސައިޓް މެދުވެރިކޮށް ސްޕެއާ ލިސްޓު ތައްޔާރުކުރާނެ ގޮތްތަކާއި، ސަރވިސް މެނުއަލް ބޭނުންކުރާނެ ގޮތުގެ ފަންނީ މަޢުލޫމާތު ވަނީ ފޯރުކޮށްދީފައިކަމަށް ސްޓެލްކޯއިން ބުނެއެވެ.
މީގެ އިތުރުން، އިންޖީނު އެއްކޮށް ރޫޅާލައި އަލުން ރޭވުމުގެ ޢަމަލީ ތަމްރީނާއި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއި އަލިފާން ނިއްވުމުގެ ގަވާއިދުތަކަށް ވެސް މި ޕްރޮގްރާމުގައި އަލިއަޅުވާލާފައިވެއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހުޅުވައި އޮޕަރޭޝަނަށް ގެނެވުނު ސްޓެލްކޯގެ މި މަރުކަޒާއިއެކު އެ ކުންފުނީގެ އެސެޓް މަރާމާތުކޮށް ބެލެހެއްޓުމަށް ކުންފުނީގެ މުވައްޒަފުން ތަމްރީނުކޮށް، އޭގެ ނަތީޖާއެއްގެ ގޮތުން ޚަރަދު ކުޑަކުރެވި، ޚިދުމަތަށް ބަރޯސާވެވޭ މިންވަރު އިތުރުވެގެންދާނެ ކަމަށާއި މަސައްކަތްތަކަށް އިންތަކާއި މިންތައް ކަނޑައަޅައި، އަންނާން އޮތް ޖީލުތަކަށް ސައްޚަކަންމަތީ ފޯރާނެހެން މުއައްސަސައީ ޢިލްމު ރައްކާތެރިކުރެވިގެންދިޔުމުގެ މަގު ވަނީ ފަހިވެފައި އެވެ.
މީގެ އިތުރުން މި މަރުކަޒާއިއެކު ރަށްރަށުގެ އިންޖީނުގެތަކާއި ފެން އަދި ނަރުދަމާ ޕްލާންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރު ތަރައްޤީކޮށް، ޚިދުމަތް މެދުކެނޑޭ މިންވަރު މަދުކުރެވި ޔޫޓިލިޓީ ސިނާޢަތުގައި ޒަމާނާއި އެއްހަމައެއްގައި ފައިތިލަ ސާބިތުކުރުމަށާއި ސިނާޢަތް އިތުރަށް ދެނެގަތުމަށް އެކިއެކި ދިރާސާތައް ހިންގުމަށާއި އިދާރީ އެކިއެކި މަސައްކަތްކުރުމަށް އުފައްދާފައިވާ ކުންފުނީގެ އަމިއްލަ އަދި ބޭރުގެ އެކިއެކި ވަޞީލަތް/ނިޒާމު/ސޮފްޓްވެއަރއަށް މުވައްޒަފުން އަހުލުވެރިކުރުވުމާއި އެންމެ އެކަށޭނަ ގޮތެއްގައި އެ ވަޞީލަތް/ނިޒާމު/ސޮފްޓްވެއަރ ބޭނުންކުރަން ދަސްކޮށްދެވިގެންދާނެކަންވެސް ވަނީ ފާހަގަކޮށްފައި އެވެ.
ހަމައެއާއިއެކު ހަކަތަ އުފެއްދުމުގެ އައު ނިޒާމުތައް (އަވި، ވައި އަދި އެހެނިހެން އިއާދަކުރަނިވި ހަކަތައިގެ ބާވަތްތައް) ޤާއިމްކޮށް ބޭނުންކުރާނެ ގޮތް މުވައްޒަފުންނަށް ދަސްކޮށްދީ، ޒަމާނީ ތަރައްޤީއާއެކު ބައްޓަންވަމުންދާ މުސްތަޤުބަލަށް މުވައްޒަފުން ތައްޔާރުކުރެވި މަސައްކަތުގެ މާޙައުލުގައި ރައްކާތެރިކަމަށް އިސްކަންދޭ ސަޤާފަތެއް އުފެއްދުމަށްޓަކައި، މަސައްކަތުގެ މާޙައުލާއި ގުޅޭ ޒަމާނީ ސްޓޭންޑަރޑްތައް މުވައްޒަފުންނަށް ދަސްކޮށްދެވި ޒުވާނުންގެ މެދުގައި އިންޖިނިއަރިންގ ދާއިރާއަށް ޝައުޤުވެރިކަން އުފެއްދުމަށް ސްކޫލްތަކާއި ޔުނިވަރސިޓީތަކާއި ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތުވެސް މި މަރުކަޒާއި އެކު ލިބިގެންދާނެކަން ސްޓެލްކޯއިން ފާހަގަކުރެއެވެ.
ސްޓެލްކޯއިން ވަނީ އެކުންފުނީގެ އިތުރުން އެހެނިހެން ކުންފުނިތަކާއި މުއައްސަސާތަކަށް ވެސް ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ، އަތޮޅުތެރޭގެ ޔޫޓިލިޓީ ދާއިރާގެ ސަރަޙައްދީ އިލްމީ މަރުކަޒެއްގެ ގޮތުގައި މި މަރުކަޒު ބޭނުންކުރެވިގެންދާނެކަން ފާހަގަކޮށްފައި އެވެ.
ގުޅުންހުރި

ސްޓެލްކޯގެ ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީއިން ހިންގި ފުރަތަމަ ތަމްރީން ޕްރޮގްރާމް ނިންމައި 10 މުވައްޒަފަކު ތާރީހުގެ ތެރެއަށް!

ޝަމާހުގެ މައްސަލައެއް އޭސީސީއަށް

ޚާއްސަ އެހީއަށް ބޭނުންވާ 30 މީހަކަށް ސްޓެލްކޯއިން ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދީފި
.jpeg&w=3840&q=75)




