logoEN
Sto top
ރެއާލް މެޑްރިޑްގެ ކޯޗް އަލޮންސޯ މަގާމުން ވަކިކޮށްފި

ރެއާލް މެޑްރިޑްގެ ކޯޗް އަލޮންސޯ މަގާމުން ވަކިކޮށްފި

ހަސަން ޝަމްއޫން

logo

1/12/2026, 8:18:29 PM

# ބޭރު ދުނިޔޭގެ ކުޅިވަރު

ޒަބީ އަލޮންސޯ

ސްޕެނިޝް ސުޕަކަޕްގެ ފައިނަލުގައި ބާސެލޯނާ އަތުން 3-2 ގެ ނަތީޖާއަކުން ބަލިވި މެޗަށް ފަހު، ރެއާލް މެޑްރިޑުން އެކުލަބުގެ ކޯޗު ޒަބީ އަލޮންސޯ މަގާމުން ވަކިކޮށްފިއެވެ.

Wamco

ރެއާލް މެޑްރިޑުން މިއަދު ނެރުނު ބަޔާނުގައި ވާގޮތުން އަލޮންސޯ އާއެކު އެކުލަބުން ހަދާފައިވާ އެއްބަސްވުން ދެފަރާތުން ވާހަކަ ދެއްކުމަށްފަހު ވަނީ ނިމުމަކަށް ގެނެސްފައެވެ.

"މި ދަނޑިވަޅުގައި ޒަބީ އަލޮންސޯ އާއި އޭނާގެ މުޅި ކޯޗިން ސްޓާފުން ކުރި ބުރަ މަސައްކަތަށް ކްލަބުން ޝުކުރު އަދާކުރާ ކަމަށާއި، އަލޮންސޯގެ ޓީމަށް އުފާވެރި އަދި ކާމިޔާބު މުސްތަގުބަލަކަށް އެދޭކަމަށް" ރެއާލްގެ ބަޔާނުގައި ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ޖަރުމަނުގެ ބަޔާ ލެވަކޫސަން ދޫކޮށް ރެއާލް މެޑްރިޑާއި ގުޅުނު އަލޮންސޯގެ އިރުޝާދުގެދަށުން ރެއާލް މެޑްރިޑުން ކުޅުނު 34 މެޗުގެ ތެރެއިން 22 މެޗުން އެޓީމު މޮޅުވެފައިވާއިރު، ފަސް މެޗުން ބަލިވެ އަނެއް ހަތަރު މެޗު ވަނީ އެއްވަރުވެފައެވެ.

އަލޮންސޯއަށް ފަހު ރެއާލް މެޑްރިޑްގެ ކޯޗުކަމުގެ މަގާމައި ވަގުތީގޮތުން ހަވާލުވެފައި ވަނީ ރެއާލްގެ ބީ ޓީމު ކޯޗް އަލްވާރޯ އާބެލޯއާ އެވެ. އަދި މިދިޔަ އަހަރުގެ މެއި މަހު ރެއާލްގެ ބީ ޓީމާއި ހަވާލުވި އާބެލޯއާ އަންނަނީ 2020 ވަނަ އަހަރުން ފެށިގެން ރެއާލް މެޑްރިޑްގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC