
-
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިއްޔެ ވަކިކުރި އަހުމަދު ޝަމާހު ރަޝީދުގެ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަން ފަށައިފިއެވެ.

ޝަމާހުގެ ކޮރަޕްޝަން މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާ ކަމަށް އެކޮމިޝަނުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އެކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުންނާއި އެކުންފުނީގެ ބޯޑު މެމްބަރުކަމުން ޝަމާހު ވަކިކޮށްފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން ކޯޕަރޭޝަން ބޯޑުން އިއްޔެ ވަނީ ހާމަކޮށްފައެވެ.
ޝަމާހު ސްޓެލްކޯގެ އެމްޑީގެ މަގާމާ ހަވާލުވިތާ ހަތަރުމަސް ފަހުން ވަކިކޮށްފައިވާއިރު، ޝަމާހުއަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ ވާހަކަދެކެވޭ އޯޑިއޯއެއް ދަނީ މީސްމީޑިއާގައި ދައުރުވަމުންނެވެ. އެ އޯޑިއޯގައި ކޮރަޕްޝަންއަށް މަގުފަހިވާ ކަންކަން ކުރަމުން އަންނަކަމުގެ ވާހަކަތަކެއް ދެކެވިފައިވެއެވެ.
ޝަމާހް މަޤާމުން ވަކިކުރުމާއެކު ސްޓެލްކޯގެ ހިންގުން ވަގުތީ ގޮތުން، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރާ ވަނީ ހަވާލުކޮށްފައެވެ.




.jpeg&w=3840&q=75)


