
-
ހުޅުމާލެ ފޭސް އެކެއްގައި ހުންނަ "ބްރަންޗް ހައުސް" ކެފޭގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ މި ހާދިސާގެ ރިޕޯޓް ރޭ 00:58 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މިގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން ކެފޭގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ ރޭ 01:19 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.
ގުޅުންހުރި

ފަތުރުވެރިންތަކަކާއިއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ގުޅީފަޅު ކައިރިއަށް ބަންޑުންޖަހާލައިފި

ފުނަދޫ އެއާ ސްޓޭޝަނުން މިއަހަރު ހިދުމަތްދޭން ފަށާނަން: ރައީސް

އޮސްޓްރޭލިއާއިން ރާއްޖެއަށް މަނަވަރެއް ހަދިޔާކުރަން ވަނީ ނިންމާފައި، މިއަހަރު ހިދުމަތަށް ނެރެވޭނެ - ރައީސް





