logoEN
Sto top
ގައުމީ ފާޓިލިޓީ ސެންޓަރުގައި އައިވީއެފް ހަދައިގެން ފުރަތަމަ ފަހަރަށް ދަރިއަކު އުފަންވެއްޖެ

ގައުމީ ފާޓިލިޓީ ސެންޓަރުގައި އައިވީއެފް ހަދައިގެން ފުރަތަމަ ފަހަރަށް ދަރިއަކު އުފަންވެއްޖެ

އަހުމަދު ޝުރާއު

logo

1/8/2026, 1:36:00 AM

# އައިޖީއެމްއެޗް

-

ގައުމީ ހޮސްޕިޓަލް، ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގައި އައިވީއެފް (އިން-ވިޓްރޯ ފާޓިލައިޒޭޝަން) މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ދަރިއަކު އުފަންވެފައިވާކަން ހާމަކޮށްފި އެވެ.

Wamco

މިވަގުތު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ބައެއްގެ ގޮތުގައި ހިންގަމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމްކުރި ނޭޝަނަލް ފަރޓިލިޓީ ސެންޓަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ރިޔާސީ ވަޢުދުގެ ދަށުން ތަރައްޤީކުރި ސެންޓަރެކެވެ. މި ސެންޓަރު ހުޅުވައި ހިދުމަތް ފެށީ 204 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެވެ.

އައިޖީއެމްއެޗުން ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ، މި ފަރޓިލިޓީ ސެންޓަރުގައި އިއްޔެ އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކުއްޖަކު އުފަންވެފައިވާ ކަމަށާއި އުފަންވި ދަރިފުޅާއި މަންމަގެ ހާލުވެސް ވަރަށް ރަނގަޅު ކަމަށެވެ.

"މި ތާރީޙީ ކާމިޔާބަކީ ދިވެހިރާއްޖޭގެ ދަރިމައުވުމުގެ ފަރުވާތައް ކުރިއެރުމަށާއި ދަރިން ހޯދުމަށް އެދޭ އާއިލާތަކަށް އައު އުންމީދެއް ހޯދާދިނުމަށް އަޅުގަނޑުމެން ކުރަމުން އަންނަ މަސައްކަތުގައި ހާސިލްވެގެންދިޔަ ވަރަށް މުހިންމު ކުރިއެރުމެއް" އައިޖީއެމްޗުގެ ބަޔާނުގައި ބުނެފައި ވެއެވެ.

މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ‏ދަރުމަވަންތަ ހޮސްޕިޓަލުގެ ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކާމިޔާބު ކަމާއެކު ދަރިއަކު އުފަންވުމުގެ ތާރީޚީ ކާމިޔާބީއަކީ ރާއްޖޭގައި ދަރިމައިވުމުގެ ޞިއްޙަތާގުޅޭ ފަރުވާ ހޯދަމުންދާ އާއިލާތަކަށް ލިބުނު އުއްމީދެއްކަމަށެވެ.

އަބްދުއް ރައްޒާގު ހަލީމް ވިދާޅުވީ އައިވީއެފްގެ ޙިދުމަތް ހޯދުމަށް ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުމަކީ، މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ދިވެހި އާއިލާތަކަށް އުފުލަމުންދިޔަ ބޮޑު ތަކުލީފެއްކަމަށެވެ. އަދި މިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، 15 ނޮވެންބަރ 2024 ގައި ރަސްމީކޮށް އެމަނިކުފާނު ހުޅުވައިދެއްވި ނެޝަނަލް ފަރޓިލިޓީ ސެންޓަރަކީ، ދިވެހި އާއިލާތަކަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއްކަން ޔަޤީންވާކަމަށް އަބްދުއް ރައްޒާގު ހަލީމް ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC