
ތަރުހީބު ވަރަށް ބޮޑު: "ހެޕިލީ އާފްޓަރ ފެސްޓިވަލް" މިމަހު 10 ވަނަ ދުވަހާއި ހަމައަށް ދަންމާލައިފި
# ޔޫތު މިނިސްޓްރީ-
ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "ހެޕިލީ އާފްޓަރ ފެސްޓިވަލް" ކުރިއަށްދާ މުއްދަތު، މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

މި ފެސްޓިވަލް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ.
މި ފެޓިވަލް ކުރިއަށްގެންދަނީ "ޔޫތު ހަބް" ގައެވެ.
ފެސްޓިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ފޮޓޯބޫތު، 360 ވީޑިއޯ، ލައިވް މިއުޒިކާއި، ކުޑަކުދިންގެ މެދުގައި މަގުބޫލު "ރޮބޯމޭން" ގެ ހުށަހެޅުންތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ފޭސް ޕެއިންޓިން އާއި ތަފާތު ބާވަތްތަކުގެ ކާތަކެތި ލިބޭނެ ފުޑް ސްޓޯލްތައް ހިމެނެއެވެ.
މި ފެސްޓިވަލްއަށް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ޒިޔާރަތްކުރަމުންނެވެ.
ގުޅުންހުރި

ތަރުހީބު ވަރަށް ބޮޑު: "ހެޕިލީ އާފްޓަރ ފެސްޓިވަލް" މިމަހު 10 ވަނަ ދުވަހާއި ހަމައަށް ދަންމާލައިފި

މުސްތަގުބަލުގައި ދިމާވެދާނެ ގޮންޖެހުންތަކާއި ކުރިމަތިލާނެ ބަޔަކު އުފެއްދުމަކީ މުހިންމު ކަމެއް!

"ސަޅި ފެސްޓް 2025" މާދަމާ ފަށަނީ





