
ޗެމްޕިއަން އައިވަރީ ކޯސްޓް ކުއާޓާ ފައިނަލުގައި ނުކުންނާނީ މިސްރާއި ދެކޮޅަށް
# ބޭރު ދުނިޔޭގެ ކުޅިވަރު# އެފްރިކާ ކަޕް އޮފް ނޭޝަންއައިވަރީ ކޯސްޓާއި ބުރުކި ނަފާސޯ ވާދަކުރި މެޗުގެ ތެރެއިން..
މޮރޮކޯގައި މިހާރު ކުރިއަށްދާ އެފްރިކާ ކަޕް އޮފް ނޭޝަންގެ ދެވަނަ ބުރުގައި މިރޭ ބުރުކީނަ ފާސޯ ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން އައިވަރީ ކޯސްޓުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

އައިވަރީ ކޯސްޓް އިން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަތް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގުރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތިގައެވެ. އަދި ބުރުކީނަ ފާސޯ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު ގުރޫޕް އީގެ ދެވަނަ ޓީމުގެ ގޮތިގައެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ އައިވަރީ ކޯސްޓުން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އަމަޑް ޑިއާލޯ އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގަައި ޒުވާން ފޯވާޑް ޔާން ޑިއޮމަންޑޭ ކާމިޔާބުކުރިއިރު، އެޓީމުގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ބަޒޫމާނާ ޓޫރޭ އެވެ.
މިނަތީޖާއެކު މުބާރާތުގެ ކުއާޓާ ފައިނަލުގައި މިމަހުގެ 11 ވަނަ ދުވަހުގެ ރޭ 00:00 ގައި އެންމެ ފަހުގެ ޗެމްޕިއަން އައިވަރީ ކޯސްޓުން ނުކުންނާނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު މިސްރާއި ދެކޮޅަށެވެ. މިސްރުން މިމުބާރާތުގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާއިރު، އައިވަރީ ކޯސްޓުން ވަނީ ތިން ފަހަރަށް މިމުބާރާތް ކާމިޔާބުކޮށްފައެވެ.
ގުޅުންހުރި

ޗެމްޕިއަން އައިވަރީ ކޯސްޓް ކުއާޓާ ފައިނަލުގައި ނުކުންނާނީ މިސްރާއި ދެކޮޅަށް

އިތުރުވަގުތުގެ ފަހު މިނެޓު ކާމިޔާބުކުރި ލަނޑާއެކު ކޮންގޯ ބަލިކޮށް އަލްޖީރިއާ، ކުއާޓާފައިނަލުން ޖާގަ ހޯދައިފި

ފުލަމް އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރު





