
އޭއެސްއެމްއެޗް ޓާޗަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށިގެން ކުރިޔަށް: މިއަހަރު އެމްއާރްއައިގެ ހިދުމަތް ފެށޭނެ!
# ހެލްތު މިނިސްޓްރީ-
ހުވަދު އަތޮޅުގެ މައި ހޮސްޕިޓަލް، ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޗަރީ ފެންވަރަށް ގެނައުމަށްޓަކައި ބޭނުންވާ އާލާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ސަރުކާރުން މިއަދު ހާމަކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރީ ސިއްހީ ދާއިރާއިން މިއަހަރު ގެނައުމަށް ނިންމާފައިވާ ތަރައްޤީތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ ޓާޗަރީ ފެންވަރަށް ތަރައްޤީކޮށް އޮޕަރޭޝަނަށް ގެނައުމަށް ސަރުކާރުން ނިންމާފައިވާ އެއް ހޮސްޕިޓަލަކީ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ކަމަށާއި އެގޮތުން އެމަސައްކަތް ފެށި އެކި ފޭސްތަކަށް ބަހާލައިގެން އެކަމަށް ބޭނުންވާ ކަންކަން މިހާރު ކުރަމުންދާކަމަށެވެ. އެގޮތުން މިހާރު ކުރިޔަށްދަނީ ހޮސްޕިޓަލަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިޔަށްދާކަމަށާއި މި މަސައްކަތުގެ ތެރެއިން ހޮސްޕިޓަލުގައި މުޅިން އަލަށް 40 ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ހޮސްޕިޓަލު ޓާޗަރީ ފެންވަރަށް ތަރައްޤީކޮށް ހިދުމަތްތައް ފުޅާކުރުމަށް އިންފްރާސްޓްރަކްޗާރ އަށް ގެންނަންޖެހޭ ބޮޑެތި ބަދަލުތަކެއް އެބަހުރި ކަމަށާއި އެގޮތުން އެކަން ކުރުމަށްޓަކައި ހޮސްޕިޓަލުގެ ކޮންސެޕްޓް ޑިޒައިންގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރެވި އެމަސައްކަތް މިހާރު ނިމުމަކާއި ހަމައަށް އައިސްފައިވާ ކަމަށާއި މިމަހުގެ ތެރޭގައި އިންފްރާސްޓްރަކްޗަރ މަސައްކަތުގެ އަމަލީ މަސައްކަތް ފެށޭނެ ގޮތް ވެގެންދާނެ ކަމަށެވެ. މީގެ އިތުރުން ހޮސްޕިޓަލަށް ބޭނުންވާ އެކިއުޕްމެންޓުތައް ހޯދުމުގެ އަމަލީ މަސައްކަތް މިހާރުވެސް ފެށިފައިވާކަން މިނިސްޓަރު ހާމަކުރެއްވި އެވެ.
ޓާޗަރީ ހޮސްޕިޓަލެއްގައި އެންމެ މުހިންމު އެއް ހިދުމަތަކީ އެމްއާރްއައިގެ ހިދުމަތްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެހިދުމަތް ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މިއަހަރުގެ ތެރޭގައި އެހިދުމަތް ފެށުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ގުޅުންހުރި

އޭއެސްއެމްއެޗް ޓާޗަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށިގެން ކުރިޔަށް: މިއަހަރު އެމްއާރްއައިގެ ހިދުމަތް ފެށޭނެ!

ޞިއްޙީ މަރުކަޒުތަކުން ދެވޭ ޚިދުމަތްތައް ހަރުދާނާކުރުމަށް ސޮފްޓްވެއާރތައް ބޭނުންކުރަނީ

ހުރާ ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފި





