logoEN
PNC TOP 3
އުމުރުން ދުވަސްވީ މީހުންގެ ސިއްޙީ އަދި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށް ދެމެހެއްޓުމާއި ގުޅޭ ގޮތުން ސިމްޕޯސިއަމްއެއް!

އުމުރުން ދުވަސްވީ މީހުންގެ ސިއްޙީ އަދި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށް ދެމެހެއްޓުމާއި ގުޅޭ ގޮތުން ސިމްޕޯސިއަމްއެއް!

އަހުމަދު ޝުރާއު

logo

3/31/2026, 1:30:56 PM

# ހެލްތު މިނިސްޓްރީ

-

އުމުރުން ދުވަސްވީ މީހުންގެ ސިއްޙީ އަދި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށް ދެމެހެއްޓުމާއި ގުޅޭ ގޮތުން ސިމްޕޯސިއަމްއެއް ފަށައިފިއެވެ.

PNC MID 2

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ސިމްޕޯސިއަމްގައި ކަމާ ގުޅުން ހުރި ފަރާތްތަކުން ވަނީ ބައިވެރިވެއެވެ. އޭގެތެރޭގައި ސަރުކާރުގެ އިދާރާތަކާއި ޔޫއެން އެޖެންސީތަކާއި، އެންޖިއޯސްތައް ހިމެނެއެވެ.

މި ސިމްޕޯޒިއަމްގެ ތެރޭގައި އުމުރުން ދުވަސްވުމާއި ގުޅިގެން އަންނަ ބަދަލުތަކާއި، ސިއްޙީ ފަރުވާ އާއި ޑިމޮގްރަފިކް ޓްރެންޑްސް، އުމުރުން ދުވަސްވީ އާބާދީގެ ބޭނުންތަކާއި، އުމުރުން ދުވަސްވީ މީހުންގެ ސިއްޙީ އަދި އިޖުތިމާއީ ރައްކާތެރިކަމާއި ގުޅިގެން ހުރި ގޮންޖެހުންތަކާއި، ފައިނޭންސިންގ އިންތިޒާމުތަކާއި، ޚިދުމަތް ފޯރުކޮށްދިނުމުގައި ގެންގުޅޭނެ މޮޑެލްތަކާއި، ވޯކްފޯސް ކެޕޭސިޓީ އާއި ގުޅޭ ކަންކަމާއި ،ޕްރިވެންޝަން އަދި މެންޓަލް ހެލްތާއި، ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާއާއި ދިގު މުއްދަތުގެ ފަރުވާގެ ޚިދުމަތްތައް ހަމަހަމަކަމާއެކު ލިބޭނެކަން ކަށަވަރުކުރުމަށް ކުރާނެ ކަންތައްތަކާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެންދާނެއެވެ.

މި ސިމްޕޯސިއަމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ކުރިއަށް އޮތް 10 އަހަރުގެ ޑިމެންޝިއާ އެކްޝަން ޕްލޭން ވަނީ އިފްތިތާހް ކޮށްފައެވެ.

މި އެކްޝަން ޕްލޭން އިފްތިތާހް ކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހީމެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC