.jpeg&w=3840&q=75)
-
އއ އުކުޅަހު ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފިއެވެ.

އުކުޅަހު ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމެވެ. މި ރަސްމިއްޔާތުގައި އެރަށު ކައުންސިލްގެ މެންބަރުންނާއި ސިއްޙީ މަރުކަޒުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އުކުޅަހު ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށާފައިވާއިރު، 2026 ވަނަ އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރުމަކީ މި ސަރުކާރުގެ ވައުދެކެެވެ. އެގޮތުން ފާއިތުވި ހަފްތާގެ ތެރޭގައި ގދ ހޯނޑެއްދޫއާއި ކ ހުރާ ސިއްހީ މަރުކަޒުގައިވެސް ވަނީ ލެބޯޓަރީގެ ހިދުމަތް ރަސްމީކޮށް ފަށާފައިއެވެ.
މި ފެށުނު 2026 ވަނަ އަހަރު ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރުމަށްވަނީ ކަނޑައަޅާފައި އެވެ. ވަކީން ޚާއްސަކޮށް ރާއްޖޭގެ ރަށްތަކުގައި ރަނގަޅު ސިއްހީ ފަރުވާ ދެވޭނެ ނިޒާމެއް ގާއިމްކުރުމަށް ބަޖެޓުންވެސް ބޮޑު އިންސައްތައެއް މިއަހަރަށް ވަނީ ބަޖެޓުކޮށްފައެވެ.
ގުޅުންހުރި

ސްޓޭޓް ފާމަސޫޓިކަލް އިން ގެންނަ ބޭސްތައް އެޕްރީލް މަހުގެ ތެރޭގައި ލިބޭނެ: ރައީސް

މިދައުރުގައި ފެންނާނީ ޞިއްޙީ ދާއިރާގެ އައު ބާބެއް - ނާޒިމް

އޭޑީކޭ ހޮސްޕިޓަލުން ކުރިއަށްގެންދިޔަ ފުރަތަމަ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި
.jpeg&w=3840&q=75)
.gif&w=3840&q=75)



