logoEN
Sto top
މަސްތުވާތަކެއްޗާއި ބަނގުރަލުގެ އޮޕަރޭޝަނެއްގައި ކުޅުދުއްފުށިން ދެމީހަކު ހައްޔަރަށް!

މަސްތުވާތަކެއްޗާއި ބަނގުރަލުގެ އޮޕަރޭޝަނެއްގައި ކުޅުދުއްފުށިން ދެމީހަކު ހައްޔަރަށް!

އަހުމަދު ޝުރާއު

logo

1/1/2026, 4:22:14 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ކުޅުދުއްފުށި ސިޓީގައި ހިންގި މަސްތުވާތަކެއްޗާއި ބަނގުރަލުގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

Wamco

ޑިސެމްބަރު 31 ވަނަ ދުވަހު ހިންގި މި ދެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ފަލަސް، ޢަލީ ޔާމީން ޙަސަން (23އ) އާއި ހދ. ކުޅުދުއްފުށި / މަލުތެރޭގެ، އަޙްމަދު މުޙައްމަދު (29އ) އެވެ.

މި ދެ މީހުންގެ ތެރެއިން ޢަލީ ޔާމީން ޙަސަން (23އ) ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި ދެ ސެލޯފިންކޮޅު ފެނިފައިވެއެވެ.

އަޙްމަދު މުޙައްމަދު (29އ) ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500އެމްއެލްގެ ހަތަރު ފުޅިއާއި، ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެެލެވޭ އެއްޗެއްހުރި ތިން ހަން އަދި ބަނގުރާ ތައްޔާރުކުރުމަށް ބޭނުންކުރާކަމަށް ބެލެވޭ އެހެނިހެން ތަކެތި ފެނިފައިވެއެވެ.

މި ދެ މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ޔާމީން ޙަސަން ފަސްދުވަހަށް އަދި އަޙްމަދު މުޙައްމަދު ހަތްދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC