
އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމްގެ ބައިވެރިން ދިވެހި ފުލުހުންގެ ޚިދުމަތަށް ޒިޔާރަތްކޮށްފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމްގެ ބައިވެރިން ދިވެހި ފުލުހުންގެ ޚިދުމަތަށް ޒިޔާރަތްކޮށްފިއެވެ.

އިސްކަންދަރު ބިލްޑިންގއަށް މިއަދު ކުރި މި ޒިޔާރަތުގައި ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމްގެ ބައިވެރިންނާ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޝަރީފްއާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ރަޝީދު އަދި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާޠިމަތު ނަޝްވާ ބައިވެރިވެލެއްވިއެވެ.
މި ޒިޔާރަތުގައި، އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމްގެ ބައިވެރިންނަށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން ފުލުހުންގެ ތާރީހާ ގުޅޭ މައުލޫމާތާއި، ރާއްޖޭގައި ފުލުހުންގެ ދައުރާއި، ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި ފުލުހުންގެ މަސައްކަތްތަކުގައި ބޭނުންކުރާ ހަތިޔާރުތަކާއި ރައްޔިތުންނާއި ފުލުހުންނާ ދެމެދު އޮތް ގުޅުމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މި ޒިޔާރަތުގައި، ކޮންމެ ކޮންމެ ގައުމަކުން ވެސް ހަނދާނީ ފިލައެއް އަރުވާފައިވެއެވެ.
އިންޓަރނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމުގެ ދަށުން ކެޑޭޓުން ދިވެހި ފުލުހުންގެ ޚިދުމަތަށް ކުރި ޒިޔާރަތުގައި ބަންގްލަދޭޝް، އިންޑިޔާ، ސްރީލަންކާ އަދި ނޭޕާލް ހިމެނޭހެން ޖުމުލަ 20 ކެޑޭޓުން ބައިވެރިވިއެވެ.
ގުޅުންހުރި

އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމްގެ ބައިވެރިން ދިވެހި ފުލުހުންގެ ޚިދުމަތަށް ޒިޔާރަތްކޮށްފި

ބަނގުރާ އުފައްދައި، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން 5 މީހުން ހައްޔަރުކޮށްފި

މަޝްހޫރު ފިލްމް ޑިރެކްޓަރު ފައްތާހު ނިޔާވެއްޖެ





