logoEN
Sto top
ބަނގުރާ އުފައްދައި، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން 5 މީހުން ހައްޔަރުކޮށްފި

ބަނގުރާ އުފައްދައި، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން 5 މީހުން ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

12/31/2025, 8:54:06 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ބަނގުރާ އުފައްދައި، ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން 5 މީހުން ހައްޔަރުކޮށްފިއެވެ.

Wamco

މި ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށްފައިވަނީ މާލެ، މައްޗައްގޯޅި ގެއެއް ބަލައިފާސްކޮށްފައެވެ.

އެ ބަލައިފާސްކުރުމުގެ ތެރެއިން، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500އެމްއެލްގެ ހަތަރު ފުޅިއާއި 5 ލީޓަރުގެ ފުޅިއެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޕެރިޔަ (44އ) އާއި، ސަރަވަނާން ސުބާއިހް (43އ) އާއި، ސިތްރިމަން ގަނިސަން (53އ) އާއި، ރަވިންދުރަ ކުމާރު (37އ) އާއި، ރާޖާ ރަމަލިންގަމް (47އ) އެވެ. މި އެންމެންނަކީ ވެސް އިންޑިއާ މީހުންނެވެ. މި އެންމެން ވެސް ވަނީ ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC