
-
މަޝްހޫރު ފިލްމް ޑިރެކްޓަރު އަބްދުލް ފައްތާހު މިރޭ ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްތާހް ނިޔާވީ ހއ ކެލާގައި ހުއްޓައި މިއަދު އިރުއޮއްސުނު ވަގުތު މެޔަށް ކުއްލި ތަދެއް އެރުމާއި ގުޅިގެން ކެލާ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު ދިއްދޫ ހޮސްޕިޓަލަށް ގެންދިޔަތާ މާގިނަ އިރުތަކެއް ނުވަނީހެވެ.
ކެލާއަކީ ފައްތާހުގެ އުފަން ރަށެވެ. ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު މިފަހަކަށް އައިސް ފައްތާހު ދިރިއުޅެމުންދިޔައީ ކެލާގައި އެވެ.
މައުލޫމާތު ލިބޭގޮތުގައި ކަށުކަމާއިކެމީގެ ކަންކަމަށް ފައްތާހުގެ ހަށިގަނޑު އުފަންރަށް ކެލާއަށް ގެންދިޔުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ފައްތާހު ނިޔާވީ ސްޓްރޯކެއް ޖެހިގެންނެވެ.
ގުޅުންހުރި

ބަނގުރާ އުފައްދައި، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން 5 މީހުން ހައްޔަރުކޮށްފި

މަޝްހޫރު ފިލްމް ޑިރެކްޓަރު ފައްތާހު ނިޔާވެއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ށ. އަތޮޅުން ދެމީހުން ހައްޔަރުުކޮށްފި





