
މާދަމާއިން ފެށިގެން ތެލެސީމިއާ ކުދީންނަށް މަހުން މަހަށް 2،000 ރުފިޔާގެ އެލެވެންސް ދޭން ފަށަނީ
# އެންސްޕާ-
މާދަމާއިން ފެށިގެން ތެލެސީމިއާ ކުދީންނަށް މަހުން މަހަށް އެލެވެންސް ދޭން ފަށަން ނިންމާފައިވާކަން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފި އެވެ.

ތެލެސީމިއާ ކުދީންނަށް އެލަވެންސް ދިނުން ތައާރަފްކޮށްފައިވަނީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި އާސަންދަ ކުންފުނީގެ ފަރާތުން ދަރުމަވަންތަ ހޮސްޕިޓަލުގައި މިއަދު ބޭއްވި ހަފްލާއެއްގައި އެވެ. އެގޮތުން މިއަދުގެ ހަފްލާގައި ވަނީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް މާދަމާ ފަށާ އައު އަހަރާއިއެއްކޮށް ސަރުކާރުން ދޭން ނިންމާފައިވާ މިފަދަ އެހީތެރިކަމުގެ ތަފްސީލްތައް ހާމަކޮށްފައެވެ.
މިގޮތުން އައު އަހަރާއިއެކު ތެލެސީމިއާ ބަލި ތަހައްމަލުކުރާ ހުރިހާ ފަރާތްތަކަށް އެލަވެންސް ދިނުމުގެ ޕްރޮގްރާމް އިފްތިތާހުކޮށްފައިވާއިރު މި ޕްރޮގްރާމުގެ ދަށުން އެފަރާތްތަކަށް ކޮންމެ މަހަކުވެސް އެލަވެންސް ގޮތުގައި 2،000 ރުފިޔާގެ އެލެވެންސެއް ދޭން ވަނީ ކަނޑައަޅާފައި އެވެ. މިކަން ކުރިޔަށް ގެންްދިޔުމަށް ހަމަޖެހިފައިވަނީ އެންސްޕާއިންނެވެ.
ތެލެސީމިއާ ކުދީންނަށް އެލެވެންސް ތައާރަފްކުރުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
މިއަހަރުގެ އޮކްޓޯބަރު މަހު ރައީސް ލ އަތޮޅު ގަމަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގައި ބޭއްވި ބައްދަލުވުމެއްގައި އެމަނިކުފާނު ވަނީ މި އެލަވެންސް ލިބޭ 982 ކުދީން ރާއްޖޭގައި ތިބިކަން ފާހަގަކުރައްވައި މި އެލަވެންސް ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި 11.7 މިލިއަން ރުފިޔާ ހިމަނުއްވާނެ ކަން ވެސް ހާމަކުރައްވާފައި އެވެ.
ގުޅުންހުރި

މާދަމާއިން ފެށިގެން ތެލެސީމިއާ ކުދީންނަށް މަހުން މަހަށް 2،000 ރުފިޔާގެ އެލެވެންސް ދޭން ފަށަނީ

ބަލިމީހަކަށް ދިން އެހީގެ މައުލޫމާތު އާންމުކުރެވުމާއި ގުޅިގެން އެންސްޕާއިން މާފަށް އެދިއްޖެ

އޮފީސް އިމާރާތް ހޯދަން ހެދި އެއްބަސްވުން ބާތިލްކުރަން އެންސްޕާއިން ނިންމައިފި





