logoEN
WAMCO TOP 1
އެންސްޕާގެ ސީއީއޯއަކަށް ޝިރުނާ އައްޔަންކޮށްފި

އެންސްޕާގެ ސީއީއޯއަކަށް ޝިރުނާ އައްޔަންކޮށްފި

# އެންސްޕާ

އެންސްޕާގެ ސީއީއޯއަކަށް އައްޔަންކުރެއްވި ޝިރުނާ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯއަކަށް އާމިނަތު ޝިރުނާ މިއަދު އައްޔަންކޮށްފި އެވެ.

THE TRAVELLER AD

ހެލްތް މިނިސްޓްރީގެ ސްޓޭޓް މިިނިސްޓަރަކަށް ހުންނެވި ޝިރުނާ އެންސްޕާގެ ސީއީއޯއަކަށް އައްޔަންކުރީ އެ މަގާމުގައި ހުންނެވި ހީނާ ވަލީދު މިނިސްޓަރަކަށް އައްޔަންކުރުމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން، ހީނާ ހެރިޓޭޖް މިނިސްޓަރިގެ މަގާމަށް އައްޔަންކުރުމާއެކު، އެންސްޕާގެ ސީއީއޯގެ މަގާމު ވަނީ ހުސްވެފަ އެވެ.

ޝިރުނާ ހެލްތް މިނިސްޓްރީގައި ދަނީ ދަމަނަވެއްޓާއި ބްލަޑް ސާވިސް ބެލެހެއްޓުމުގެ މަސައްކަތް ކުރައްވާފަ އެވެ. އަދި އޭނާ އެންސްޕާގެ މަގާމަށް މިއަދު އައްޔަންކުރެއްވިއިރު ހުންނެވީ އެޗްޕީއޭގެ ކަންކަން ހެލްތް މިނިސްޓްރީން ބަލަހައްޓާ އިސްވެރިއަކަށެވެ.

ޝިރުނާ ސިޔާސީ ދާއިރާއަށް ނުކުވަޑައިގަތުމުގެ ކުރިން 23 އަހަރު ހިދުމަތްކުރެއްވީ ނަރުހަކަށެވެ. އަދި އައިޖީއެމްއެޗްގެ ނާސިން ޑިޕާޓްމަންޓްގެ އިސް މަގާމުތައްވެސް ޝިރުނާ ވަނީ ފުރުއްވާފަ އެވެ.

ކޮމެންޓް
ފަހުގެ
HDC