logoEN
Sto top
ނ. އަތޮޅު ޓައުންޝިޕް މަޝްރޫއުގެ އިންވެސްޓަރުންނާއެކު ސޮއިކޮށްފި

ނ. އަތޮޅު ޓައުންޝިޕް މަޝްރޫއުގެ އިންވެސްޓަރުންނާއެކު ސޮއިކޮށްފި

އަހުމަދު ޝުރާއު

logo

12/31/2025, 9:20:08 AM

# އެކޮނޮމިކް މިނިސްޓްރީ

-

ނ އަތޮޅުގައި ތަރައްޤީކުރާ "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް" ޕްރޮޖެކްޓްގެ އިންވެސްޓަރުނާއެކު ސަރުކާރުން ސޮއިކޮށްފިއެވެ.

Wamco

މި މަޝްރޫއުގެ މުހިންމު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. އަދި ކްރިސްޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޕެރަޓް ކްރިސްޓިކްއެވެ.

ކްރިސްޓަލް ހޯލްޑިންގްސްގެ ފަރާތުން ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ދެމެހެއްޓެނިވި ޓައުންޝިޕް ތަރައްޤީކުރާނީ ނ. އަތޮޅުގައެވެ. މި މަޝްރޫޢު ނިންމާލުމަށް އަމާޒު ހިފާފައިވަނީ 2028 ވަނަ އަހަރުގެ ނިޔަލަށެވެ.

790 މިލިޔަން އެމެރިކާ ޑޮލަރު ނުވަތަ 12.2 ބިލިޔަން ރުފިޔާ އިންވެސްޓްކޮށްގެން ނ. އަތޮޅުގައި ތަރައްޤީކުރާ ޓައުންޝިޕް ވާނީ ޒަމާނުގެ ވަޞީލަތްތަކާއި ސިފަތަކާއެކު އިންޑިއާ ކަނޑުގެ އިތުރަށް ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކުރެވޭ ތަފާތު މަޝްރޫޢަކަށް ސަރުކާރުން ވިދާޅުވެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މި ޓައުންޝިޕް މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދު އައު ހަރުފަތަކަށް ގެންދިއުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫޢެއް ކަމަށާއި މީގެ ސަބަބުން މިފަދަ އިތުރު އިންވެސްޓްމަންޓްތައް ހޯދުމަށް ސަރުކާރަށް ހިތްވަރު ލިބި، އެކަމަށް މަގުފަހިވެގެންދާނެކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން މުޅި ރާއްޖެއަށާއި، ދުނިޔޭގެ އިންވެސްޓަރުންނަށާއި ވަކިވަކި ފަރުދުންނަށް އާމްދަނީ ހޯދުމުގެ އާ މަގުތަކާއި އާ ފުރުސަތުތަކެއް ހުޅުވިގެންދާނެކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ކްރިސްޓަލް ހޯލްޑިންސްގެ ސީއީއޯ ވިދާޅުވީ ދިވެހިރާއްޖޭގައި އިންވެސްޓްކުރާ ބޭރުގެ އިންވެސްޓަރެއްގެ ހައިސިއްޔަތުން، ދިވެހި ސަރުކާރުން ގެންގުޅުއްވާ ހަގީގީ ވިޔަފާރީގެ އުސޫލުތަކާމެދު އިންތިހާއަށް އުފާކުރާ ކަމަށާއި އަދި ބޭރުގެ އިންވެސްޓަރުންނަށް އޮތް އާ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެއަށް ކުރާ އިތުބާރާއި ޔަގީންކަން ވަރަށް ބޮޑު ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC