
ރާއްޖޭގެ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ހިންގަން ރަސްމީކޮށް ހުއްދަދީފި
# އެކޮނޮމިކް މިނިސްޓްރީ-
ސްޕެޝަލް އިކޮނޮމިކް ޒޯން، އެސްއީޒެޑްގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ރަސްމީކޮށް ދީފިއެވެ.

އެކޮނޮމިކް މިނިސްޓްރީން މިއަދު ރަސްމީކޮށް ހުއްދަ ދީފައިވަނީ ނ. އަތޮޅުގައި މަޝްރޫޢެއް ހިންގުމަށް ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށެވެ.
އެސްއީޒެޑް ޤާނޫނެއް ފުރަތަމަ ފަހަރަށް އެކުލަވާލާ ޢަމަލުކުރަން ފެށީ 2014ވަނަ އަހަރުއެވެ. އަހަރުތަކަކަށްފަހު މި ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް އިންވެސްޓަރުން ޝައުޤުވެރިވާފަދަ ލުއިތަކަކާއެކު ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް އިޞްލާޙު ވަނީ ގެނެސްފައެވެ. އަދި އެސްއީޒެޑު ޤާނޫނަށް ގެނައި އިސްލާޙުގެ ބިލު ރައީސް ވަނީ ތަސްދީޤުކުރައްވާފައެވެ.
ބޮޑި ބަދަލުތަކާއިއެކު އިންވެސްޓަރުން ޝައުޤުވެރިވާފަދަ ލުއިތަކަކާއެކު ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް އިސްލާހު ގެނެސް އިޤުތިޞާދީ މަސައްކަތްތައް ކުރުމަށް ވަކި ސަރަޙައްދެއް ދޫކުރާ ގޮތަށް މަޝްރޫޢުތައް ހިންގުމަށް އިންވެސްޓަރުންނަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން މިއަހަރު ހުޅުވާލިއެވެ. އެސްއީޒެޑްގެ ދަށުން މަޝްރޫއުތައް ހިންގުމުގެ ހުއްދަ ދޫކުރާ ބޯޑް އޮފް އިންވެސްޓްމަންޓުން މިއަދު ވަނީ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ދީފައެވެ.
ސަރުކާރުން މިއަދު ރަސްމީކޮށް ހުއްދަ ދީފައިވަނީ "ޕްރޮޖެކްޓް އައިލާ" ގެ ނަމުގައި ކުރިޔަށްގެންދާ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓަށެވެ.
މި ޕްރޮޖެކްޓުގެ ދަށުން މަތީ ފަންތީގެ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގައި، ދުނިޔޭގެ ފެންވަރުގެ ސިއްޙީ ޚިދުމަތްދޭ ތަންތަން ތަރައްގީ ކުރާނެއެވެ. އަދި މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ ތަނުގައި މަދުވެގެން %60 އިއާދަކުރަނިވި ހަކަތަ ބޭނުންކުރާނެ ކަމަށްވެސް އިޤްތިޞާދީ ވުޒާރާއިން ވަނީ ހާމަކޮށްގައެވެ. މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ޒަމާނީ ދަނޑުވެރިކަމާއި އެކުއަކަލްޗަރގެ ތެރެއިން ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރެވިގެންދާނެކަންވެސް އެވުޒާރާއިން ފާހަގަކުރެއެވެ.
ބޯޑް އޮފް އިންވެސްޓްމަންޓުން ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ 2028ގެ ކުރިން އޮޕަރޭޝަނަށް ގެނައުމަށެވެ. މި މަޝްރޫޢަށް 790 މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކުރާނެއެވެ. އަދި މި މަޝްރޫޢުގެ އަމަލީ މަސައްކަތުގެ ތެރޭގައި ހިމެނޭ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި އެވެ.
ގުޅުންހުރި

ރާއްޖޭގެ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ހިންގަން ރަސްމީކޮށް ހުއްދަދީފި
.webp&w=3840&q=75)
ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގަމުންދިޔަ 11 ވިޔަފާރިއެއް ހުއްޓުވައިފި
.jpeg&w=3840&q=75)
ބިދޭސީން ވިޔަފާރިކުރުން މަނާ ދާއިރާތަކުން ވިޔަފާރި ކުރާނަމަ އެކަން ރިޕޯޓުކުރަން އެދެފި





