
ޚާލިދާ ޒިޔާގެ ޖަނާޒާގައި ރައީސް މުއިއްޒުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ ވަޒީރު ޙައިދަރު!
# ރައީސް މުއިއްޒު-
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާގެ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު، ބައިވެރިވެވަޑައިގަންނަވާގޮތަށް ރައީސުލްޖުމުހޫރިއްޔާ ހަމަޖައްސަވައިފި އެވެ.

ޚާލިދާ ޒިއާ އަވަހާރަވަނީ ސިއްހީ ހާލުކޮޅު ގޯސްވެ، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ހޮސްޕިޓަލުގައި ފަރުވާގެންދަވަމުން ދަނިކޮށް އިއްޔެގެ ފަތިހުގެ ވަގުތެއްގައި އެވެ.
ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ މިއަދު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައި، ބަނގްލަދޭޝްގެ ރައްޔިތުންނަށާއި މަރުޙޫމާގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ.
ބޭގަމް ޚާލިދާ ޒިޔާ ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމަށް ބާއްވާ ޖަނާޒާ އޮންނާނީ މިއަދު އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު، ބޭގަމް ޚާލިދާ ޒިޔާގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ބަނގްލަދޭޝްއަށް ކުރައްވާ މި ދަތުރުފުޅުގައި އެ ޤައުމުގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރ، ޑޮކްޓަރ މުޙައްމަދު ޔޫނުސާއި ބޭގަމް ޚާލިދާ ޒިޔާގެ ޢާއިލާގެ މެމްބަރުންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ތަޢުޒިޔާ ދެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުންހުރި

ޚާލިދާ ޒިޔާގެ ޖަނާޒާގައި ރައީސް މުއިއްޒުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ ވަޒީރު ޙައިދަރު!

ސްޓޯރޭޖް ފެސިލިޓީތައް ޤާއިމުކޮށް ވިޔަފާރިތަކަށް ހެޔޮ އަގުގައި ގުދަން ކުރެވޭނެ ގޮތް ހަދައިދެނީ

އެސްއެމްއީތަކުން ކުނި އުކައިދިނުމަށް ނަގާ އަގު، ފެބްރުއަރީ 1 އިން ފެށިގެން ކުޑަކުރަނީ





