logoEN
Sto top
އެސްއެމްއީތަކުން ކުނި އުކައިދިނުމަށް ނަގާ އަގު، ފެބްރުއަރީ 1 އިން ފެށިގެން ކުޑަކުރަނީ

އެސްއެމްއީތަކުން ކުނި އުކައިދިނުމަށް ނަގާ އަގު، ފެބްރުއަރީ 1 އިން ފެށިގެން ކުޑަކުރަނީ

އަހުމަދު ޝުރާއު

logo

12/30/2025, 4:01:31 PM

# ރައީސް މުއިއްޒު

-

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުނި އުކައިދިނުމަށް ނަގާ އަގު، އަންނަ ފެބްރުއަރީ 1 އިން ފެށިގެން ކުޑަކުރަން ނިންމާފައިވާ ކަމަށް ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަނުން މިއަދު ހާމަކޮށްފި އެވެ.

Wamco

އެކުންފުނީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވެމްކޯ އިން ކުނި އުކުމުގައި ނަގާ ފީ މިހާރަށް ވުރެ ކުޑަ ކުރުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން ވެމްކޯ އިން ކުނި އުކާލުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން މިހާރު ނަގަމުން އަންނަ ފީއަށް ފެބްރުއަރީ 1 އިން ފެށިގެން ލުއި ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނީގެ ބަޔާނުގައިވެއެވެ. އަދި މިވަގުތު އެސްއެމްއީތަކުން ނަގާ ފީ ކުޑަކުރުމުގެ ގޮތުން ވަކި ބޭންޑްތަކެއް ތައާރަފް ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ވެމްކޯގެ ބަޔާނުގައިވެއެވެ.

މި މަޝްވަރާތަކަށް ފަހު ކަނޑައެޅޭ ބޭންޑްތައް ކުރިއަށް ހުރި ދުވަސްތަކުގައި ހާމަކުރާނެ ކަމަށް ވެމްކޯގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައި އެވެ.

ވެމްކޯއިން މިކަން ހާމަކުރި އިރު ދާދި ފަހުން ރައީސް ޑރ މުހައްމަދު މުއިއްޒު ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވިޔަފާރިވެރިން ވަނީ، ވިޔަފާރިތަކުން ކުނި އުކުމަށް ކުރާ ހޭދަ ބޮޑުކަން ފާހަގަކުރައްވާ އެ ކަމުގައި ހައްލެއް ގެނެސްދެއްވުމަށް އެދިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC