logoEN
Sto top
ސްޓޯރޭޖް ފެސިލިޓީތައް ޤާއިމުކޮށް ވިޔަފާރިތަކަށް ހެޔޮ އަގުގައި ގުދަން ކުރެވޭނެ ގޮތް ހަދައިދެނީ

ސްޓޯރޭޖް ފެސިލިޓީތައް ޤާއިމުކޮށް ވިޔަފާރިތަކަށް ހެޔޮ އަގުގައި ގުދަން ކުރެވޭނެ ގޮތް ހަދައިދެނީ

އަހުމަދު ޝުރާއު

logo

12/30/2025, 4:10:57 PM

# ރައީސް މުއިއްޒު

-

މާލެ ސަރަޙައްދާއި ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ސްޓޯރޭޖް ފެސިލިޓީތައް ޤާއިމުކޮށް ހެޔޮ އަގުގައި މުދާ ރައްކާކޮށް ގުދަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފި އެވެ.

Wamco

އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުރިއަށް އޮތް ދެ އަހަރަކީ ކުދި އަދި މެދު ފަންތީގެ ވިތަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރައްވާނެ ދެ އަހަރުގެ ގޮތުގައި ކަނޑައަޅުއްވައި އަންނަ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެކަންކަން ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު ނިންމަވާފައިވާ ނިންމެވުން ތަންފީޒު ކުރެއްވުމަށްޓަކައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއި ގޮތްތަކެއް ހަމަޖެއްސެވުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން ކަމަށެވެ.

މިގޮތުން ރައީސް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއެކު ޑިސެންބަރު 17 ގައި ކުރެއްވި ބައްދަލުކުރެއްވުމުގައި ވިޔަފާރިވެރީން ފާހަގަކުރައްވާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން މާލެ ސަރަޙައްދާއި ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ސްޓޯރޭޖް ފެސިލިޓީތައް ޤާއިމުކޮށް ހެޔޮ އަގުގައި މުދާ ރައްކާކޮށް ގުދަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސެވުމުގެ މަސައްކަތް ކުރަމުން ގެންދާކަން އެވުޒާރާއިން މިއަދު ވަނީ ހާމަކޮށްފައި އެވެ.

ހަމައެއާއިއެކު މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން މުދާ ކުލިއާ ކުރާން މިހާރަށްވުރެ އަވަސް ކުރުމާއި އެ ސަރަޙައްދުގައި ހަރަކާތްތެރިވާ މުދާ އުފުލާ އުޅަނދުފަހަރުގައި ކަންކަން މިހާރަށްވުރެ ހަރުދަނާ ކުރުމުގެ ގޮތުން މިކަންކަން އެ ވުޒާރާއިން ގާތުން ބަލަމުންދާނެ ކަންވެސް ވަނީ ހާމަކޮށްފައި އެވެ.

އެވުޒާރާއިން ނެރުނު ބަޔާނުގައި އިތުރަށް ބުނީ ރައީސް, ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއެކު ކުރެއްވި ބައްދަލްކުރެއްވުމުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން ދިވެހީންނައި ވާރކް ޕާމިޓް ހޯލްޑަރުން ބައިތިއްބުމަށް ޚާއްސަކޮށްގެން ހިންގާ ކޮޓަރި ކުއްޔަށްދޭ ވިޔަފާރިތައް ރަޖިސްޓްރީކޮށް ކޯޓާ ލިބުމުގައި ދިމާވާ ދަތިތައް މިހާރު ޙައްލުކުރެވިފައިވާ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC