
-
މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމެއް ބޮޑުފުޅުދޫ ޞިއްޙީ މަރުކަޒުން ކުރިއަށް ގެންގޮސްފިއެވެ.

ބޮޑުފުޅުދޫ ޞިއްޙީ މަރުކަޒުން އެ މަރުކަޒުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ ތެރެއިން އެރަށުގެ ގޭގެއަށް ޒިޔާރަތްކޮށް މަދިރި އުފެދޭގޮތަށް ހުންނަ ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މަދިރި އުފެދޭ ގޮތަށް ހުންނަ ތަންތަނަށް މަދިރި ބޭސް އެޅުމާއި، އެފަދަ ތަންތަން ނައްތައިލުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ.
އެގޮތުން ޚާއްސަ އިސްކަމެއްދީގެން ބަލައި ސާފުކޮށްފައިވާ ސަރަހައްދުތަކުގެ ތެރޭގައި ގޯތިގެދޮރާއި، ދޯނި އެހެލާ ސަރަހައްދުގެ ޑިންގީ ބޮއްކުރާ ފަދަ ތަކެތި ބަލާޗެކްކޮށްފައިވާ ކަމަށް ސިއްޙި މަރުކަޒުން ބުނެއެވެ.
މީގެ އިތުރުން މަދިރީގެ ޒަރީއްޔާއިން ޖެހޭ ޑެންގީ ހުންފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ބަލި ފެތުރިދާ ކަންކަން ދަނެގަނެ ފިޔަވަޅުތައް އަޅަމުން ދިއުމަކީ ފަރުދީ ޒިންމާއަކަށް ހަދާ، ބަލިފެތުރި ފުރާނައަށް ނުރައްކާވުމުގެ ކުރިން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް އާއްމު ފަރާތްތަކަށް އަންގައި އިލްތިމާސްކޮށްފައިވެއެވެ.
ގުޅުންހުރި

އިތުރު 14 ރަށަކަށް އެމްބިއުލާންސް ޙަވާލުކޮށްފި

ނެޝަނަލް ހެލްތު ލެބޯޓަރީ އިމާރާތް ކުރުމަށްޓަކައި އަންނަ ޖުލައިގައި ބީލަމަށް ހުޅުވާލަނީ

ސްޓޭޓް ފާމަސޫޓިކަލް އިން ގެންނަ ބޭސްތައް އެޕްރީލް މަހުގެ ތެރޭގައި ލިބޭނެ: ރައީސް

.gif&w=3840&q=75)



