logoEN
Sto top
ވިމެންސް ކާވާ ކަޕް: ސީދާ ތިން ސެޓުން ބަންގްލަދޭޝް ބަލިކޮށް ރާއްޖެ ފައިނަލުން ޖާގަ ހޯދައިފި

ވިމެންސް ކާވާ ކަޕް: ސީދާ ތިން ސެޓުން ބަންގްލަދޭޝް ބަލިކޮށް ރާއްޖެ ފައިނަލުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން

logo

12/24/2025, 5:27:06 PM

# ދިވެހި ކުޅިވަރު

ދިވެހިރާއްޖެ އާއި ބަންގްލަދޭޝް ވާދަކުރި މެޗުގެ ތެރެއިން..

މިހާރު މާލޭގައި ކުރިއަށްދާ ކާވާ ވިމެންސް ކަޕް 2025 ގެ ސެމީފައިނަލް ދެވަނަ މެޗުގައި ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ބަންގްލަދޭޝް ބަލިކޮށް ރާއްޖޭގެ ޤައުމީ އަންހެން ވޮލީ ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

Wamco

މުބާރާތުގެ ލީގުބުރުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ލީގުބުރުގެ އެއްވަނަ ރާއްޖެ އިން ހޯދިއިރު، ލީގުބުރުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެ ބަންގްލަދޭޝުން ލީގުބުރު ނިންމާލީ ތާވަލުގެ ފުލުގައި އޮވެއެވެ. އަދި މިދެޓީމު ލީގުބުރުގައި ކުޅުނު މެޗު ވެސް ރާއްޖެ އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ކިރްގިސްތާން އާއި އަފްގާނިސްތާން ވާދަކުރި މެޗު 3-1 ގެ ނަތީޖާއަކުން ކާޔާބުކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ކިރްގިސްތާން އެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި މި ރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ރާއްޖޭ ޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ސެޓުތައް ދިވެހި ޓީމުން ކާމިޔާބުކުރީ 17-25، 12-25 އަދި 12-25 ގެ ނަތީޖާއަކުންނެވެ.

މި މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި އަފްގާނިސްތާން އާއި ބަންގްލަދޭޝް ވާދަކުރާ މެޗު މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވާއިރު، މާދަމާ ރޭ 20:5 ކުޅޭ މުބާރާތުގެ ފައިނަލު މެޗުގައި ދިވެހި ޓީމުން ނިކުންނާނީ ކިރްގިސްތާނާއި ދެކޮޅަށެވެ. އަދި މިދެޓީމު ލީގު ބުރުގައި ކުޅުނު މެޗު ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ދިވެހި ޓީމެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC