logoEN
Sto top
ލޭފަވެތި ފެނަކަ: ލޭ ހަދިޔާކުރުމަށް ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ކެމްޕެއިން ފެށިއްޖެ

ލޭފަވެތި ފެނަކަ: ލޭ ހަދިޔާކުރުމަށް ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ކެމްޕެއިން ފެށިއްޖެ

އަހުމަދު ޝުރާއު

logo

12/23/2025, 1:02:34 PM

# ފެނަކަ ކޯޕަރޭޝަން

-

ފެނަކަ ކޯޕަރޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ލޭ ހަދިޔާކުރުމުގެ ޤައުމީ ކެމްޕެއިން، 'ލޭފަވެތި ފެނަކަ' މިއަދު ފަށައިފިއެވެ.

Wamco

ފެނަކަ މައި އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި 'ލޭ ހަދިޔާކުރުން މުޅި ރާއްޖެއިން'، މި ޝިޢާރުގެ ދަށުން، މޯލްޑިވިއަން ބްލަޑް ސަރވިސަސްއާ ގުޅިގެން ހިންގާ މި ކެމްޕެއިން އިފުތިތާޙުކޮށްދެއްވީ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް އާއި ހުޅުމާލޭ ހޮސްޕިޓަލުގެ ޑިރެކްޓަރ ޖެނެރަލް، މޫސާ ކަލީމް ޤާސިމް އާއި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޑިރެކްޓަރ ޖެނެރަލް، އަހްމީމް ފާރިޝް އަދި ފެނަކައިގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އާދަމް ތައުފީޤެވެ.

މާލޭ ސަރަހައްދުގެ އިތުރުން، އެ ކުންފުނިން ޚިދުމަތް ފޯރުކޮށްދެމުންދާ ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގުމަށް ރާވާފައިވާ މި ކެމްޕެއިނަކީ ލޭ ހަދިޔާކުރުމަށް ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ކެމްޕެއިން ކަމުގައި އެކުންފުނީން ވަނީ ފާހަގަކޮށްފައި އެވެ.

ފެނަކަ ހެޑް އޮފީހުން ފެށި މި ކެމްޕެއިން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނެވެ. މި ކެމްޕެއިނުގައި ހެޑް އޮފީހުގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މި ކެމްޕެއިނަކީ ލޭ ބޭނުންވާ ފަރާތްތަކަށް އެފަދަ ފުރުސަތުތައް ތަނަވަސްކޮށް، ތެލެސީމިއާ ބައްޔަށް ފަރުވާކުރާ މީހުންނާއި، އެކި ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އިތުރުން، އޮޕަރޭޝަން ކުރުމަށް ލޭ ބޭނުންވާ މީހުންނަށް ލޭ ފޯރުކޮށްދިނުމަށް ލުއިފަސޭހަ މަގެއް ހުޅުވައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ކެމްޕެއިނެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC