logoEN
Sto top
ހަށިގަނޑު ތެރެއަށް ޑީސަލް ގޮސްގެން ފަރުވާ ދެމުން އައި މުވައްޒަފުގެ ހާލު އަންނަނީ ރަނގަޅުވަމުން - ވެމްކޯ

ހަށިގަނޑު ތެރެއަށް ޑީސަލް ގޮސްގެން ފަރުވާ ދެމުން އައި މުވައްޒަފުގެ ހާލު އަންނަނީ ރަނގަޅުވަމުން - ވެމްކޯ

އަހުމަދު ޝުރާއު

logo

12/22/2025, 8:00:38 PM

# ވެމްކޯ

އައިޖީއެމް ހޮސްޕިޓަލް: ފޮޓޯ - ވޮއިސް

ގއ. ދިޔަދޫ ސައިޓްގައި ޖަނަރޭޓަރަކަށް ޑީސަލް އަޅަން އުޅުމުގެ ތެރޭގައި ހަށިގަނޑު ތެރެއަށް ޑީސަލް ގޮސްގެން ފަރުވާ ދެމުން އައި ވެމްކޯގެ މުވައްޒަފުގެ ހާލު ރަނގަޅުވަމުން އަންނަކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

Wamco

ވެމްކޯއިން މިރޭ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނި ގޮތުގައި މިހާރު މުވައްޒަފުގެ ހާލު ރަނގަޅު ކަމަށާއި، ވެންޓިލޭޓަރ އިން މިހާރު ނެގުމަށް ފަހު އޮބްޒާވޭޝަން އަށް ވޯޑަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އަދި ވޯޑުން ޖާގައެއް ލިބުނުހާ އަވަހަކަށް ބަދަލު ކުރާނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވާކަމަށްވެސް އެ ކުންފުނީން މައުލޫމާތުދެއެވެ.

ވެމްކޯއިން ވަނީ މި ހާދިސާ ހިނގުމަށްފަހު މުވައްޒަފުގެ ހާލަތު ބެލުމަށް އެކަމުގެ ތަޖުރިބާ ހުރި ވެމްކޯގެ އެހެން މުވައްޒަފެއް އެސައިން ކުރެވި، ކޮންމެ ދުވަހެއްގެ 09:00 އިން 00:00 އަށް މުވައްޒަފުގެ ހާލަތު ބެލުމުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި އަދި ފަރުވާ ދެމުން އަންނަ މުވައްޒަފުގެ އާއިލާ މާލެ ގެނެސް ހިންގާ ހުރިހާ ހަރަދެއް ކުންފުނިން ކަވަރ ކުރަމުންދާކަން ހާމަކޮށްފައެވެ.

މީގެ އިތުރުން އާއިލާ އިން އެދޭ ކޮންމެ ކަމެއް ކުންފުނީގެ ފަރާތުން ކޮށްދެމުން އަންނަ ކަމަށާއި އަދި ފަރުވާ ދިނުމުގައި ރާއްޖެއިން ނުލިބޭ ބޭސްތައް އެދުވަހުން އެދުވަހަށް ގެނެވޭނެ އިންތިޒާމް ހަމަޖައްސައި އެއްވެސް ދަތިކަމެއް ނެތި، ފަރުވާ ވީ އެންމެ ރަނގަޅަކަށް ކުރިއަށް ގެންދެވޭނެ ގޮތް ހަދާފައިވާކަން އެ ކުންފުނީން ފާހަގަ ކުރެއެވެ.

އޮބްޒަވޭޝަނަށް ފަހު، މުވައްޒަފު ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް މުވައްޒަފު ނުވަތަ އެފަރާތުގެ އާއިލާއިން އިތުރު ފޮލޯއަޕަށް ރާއްޖެއިން ބޭރަށް ދާން ބޭނުންފުޅު ނަމަ އެ އެހީތެރިކަންވެސް ކުންފުނީގެ ފަރާތުން ދޭނެ ކަމަށް ވެސް އެކުންފުނިން މައުލޫމާތު ދެއެވެ.

ވެމްކޯއިން ވަނީ މި ހާދިސާއާއި ގުޅިގެން ކުންފުނީގެ އެތެރޭގެ ތަހުޤީގެއް ފަށާފައެވެ. އަދި ކުރިއަށް އޮތްތާ މިފަދަ މައްސަލަތައް ވިޔަ ނުދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަކަމުގެ ޔަގީންކަންވެސް ދީފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC