
-
ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި މޯލްޑިވްސް މޫސުމާބެހޭ ޚިދުމަތް (މެޓްމޯލްޑިވްސް) ގެ އާ އިމާރާތެއް އެޅުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ރަސްމީކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް އެވެ.
މި އެއްބަސްވުމުގެ ދަށުން، އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި މެޓްމޯލްޑިވްސް އަށް ޚާއްސަ އައު އިމާރާތެއް އެޅުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރެވިފައިވަނީ، ދިވެހިރާއްޖޭގެ މޫސުމާބެހޭ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، ޒަމާނީ ކުރުމުގެ ބޭނުމުގައެވެ.
މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ ކުރިން އަންގަންޖެހޭ ކަންކަމުގެ ނިޒާމު (Early Warning Framework) އިތުރަށް ހަރުދަނާކޮށް، ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ މުހިއްމު ބަޔެކެވެ. މިއީ މޫސުމީ މައުލޫމާތު ދިނުމުގެ ޚިދުމަތްތައް ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ މައުލޫމާތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
މި މަސައްކަތުގެ ސަބަބުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި، އައްޑޫ ސިޓީ އަދި ދެކުނުގެ އަތޮޅުތަކުގެ މޫސުމާބެހޭ މައުލޫމާތު އިތުރަށް ސީދާކޮށް، އަވަސްކަމާއެކު ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ.
ގުޅުންހުރި

ވެމްކޯ ޑިރެކްޓަރުންގެ ބޯޑަށް އިތުރު މެމްބަރަކު އައްޔަނުކޮށްފި

ކޮންޓޭނަރެއްގެ ތެރެއަށް ވެއްޓި ހާލު ސީރިއަސްވި މުވައްޒަފުގެ ހާލު އަންނަނީ ރަނގަޅުވަމުން، ވެންޓިލޭޓަރުން މިހާރު ނަގައިފި - ވެމްކޯ

ކޮންޓޭނަރެއްގެ ތެރެއަށް ވެއްޓި ހާލު ސީރިއަސްވި މުވައްޒަފުގެ ހާލަތު މިދަނީ ގާތުން ބަލަމުން - ވެމްކޯ

.gif&w=3840&q=75)



