logoEN
WAMCO TOP 1
ގަވާއިދާ ހިލާފަށް އުޅުނު 20 ބިދޭސީން އިމިގްރޭޝަނަށް

ގަވާއިދާ ހިލާފަށް އުޅުނު 20 ބިދޭސީން އިމިގްރޭޝަނަށް

# މޯލްޑިވްސް އިމިގްރޭޝަން# ބިދޭސީން

ފޮޓޯ: އިމިގްރޭޝަން

ގަވާއިދާ ހިލާފަށް އުޅުނު 20 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

THE TRAVELLER AD

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތުގެ ދަށުން ހުޅުމާލެ ރަށު މާރުކޭޓު ބަލައި ފާސްކޮށް 20 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތުގެ ދަށުން ހުޅުމާލެ ރަށު މާރުކޭޓުން 55 ބިދޭސީން ބަލައި ފާސްކުރި ކަމަށާއި އޭގެ ތެރެއިން 20 ބިދޭސީއެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުނެއެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 12،552 މީހުން އަނބުރާ ވަނީ ގައުމަށް ފޮނުވާލާފައެވެ. އެއީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުން މި އަހަރުގެ ޖޫން 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީން ކަމަށް ބުނެއެވެ. އަދި ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރި މީހުންނާއި ޑޮކިއުމަންޓުތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނޭ ކަމަށް ހޯމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރިއަށް ގެންދާ މަސައްކަތްތައް ކުރިއަށް އޮތް ހަ މަސް ދުވަހު ކުރިއަށްދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް
ފަހުގެ
HDC