
-
އަންނަ އޭޕްރިލް މަހުގެ ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، ކޮންގްރެސް ޕާޓީގެ ތަރުޖަމާނަކަށް މުޙައްމަދު ފިރުޒުލް ހަމަޖައްސަވައިފި އެވެ.

މިކަން ހާމަކޮށްފައިވަނީ ކައުންސިލް އިންތިހާބާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ހަވީރު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ.
އެގޮތުން ޕާޓީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި ކައުންސިލް އިންތިޚާބުގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާޙު ވިދާޅުވީ ކައުންސިލް އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ތަރުޖަމާނަށް ފިރުޒުލް ހަމަޖައްސަވާފައިވާ ކަމަށެވެ.
ފިރުޒުލް އަކީ މިވަގުތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކެރެޓަރީގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންތިޚާބީ ރައީސެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ ތަރުޖަމާނަކަށް ވެސް ހުންނެވީ ފިރުޒުލް އެވެ.
ގުޅުންހުރި

ދ. މީދޫ ކައުންސިލް ރައީސް ހޮވުމުގެ އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުން ކުރިއަށް: މެންދުރުފަހު 2 ޖެހުމާއި ހަމައަށް 73 އިންސައްތަ މީހުން ވޯޓުލައިފި

ވީހާވެސް ގިނަބަޔަކު އަވަހަށް ނުކުމެ ވޯޓުލުމަށް އިލްތިމާސްކޮށްފި

ބައެއް ވޯޓް ފޮށިތަކުގެ ނަތީޖާތައް ލިބެން ފަށައިފި




