logoEN
Sto top
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ވޭޕާއި ވޭޕް ސާމާނު ނައްތާލައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ވޭޕާއި ވޭޕް ސާމާނު ނައްތާލައިފި

އަހުމަދު ޝުރާއު

logo

12/17/2025, 10:51:17 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވޭޕްތައް ނައްތާލައިފިއެވެ.

Wamco

ފުލުހުން ވިދާޅުވީ އެކިއެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި ތަކެތީގެ ތެރެއިން ގަލޮޅު ޕޮލިސް، ހެންވޭރު, ޕޮލިސް އަދި މާފަންނު ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ވޭޕްތަކާއި ދުންފަތުގެ ބާވަތްތައް ނައްތާލާފައިވާ ކަމަށެވެ.

ދޫނިދޫގައި ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 102 ވޭޕް، 145 ވޭޕް ފްލޭވަރ، 1096 ނެނޯސްޓިކް ކާޓްރިޖްއެވެ. މީގެއިތުރުން، 114 ކޮއިލް އާއި ޑިސްޕޯސަބަލް ޕޮޑަކާއި 6 ރީފިލިންގ ކާޓްރިޖް އަދި 3 ކާޓޫނު ސިގިރެޓް ނައްތާލާފައިވެއެވެ.

މިތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ވޭޕް އަދި ވޭޕް ކާޓްރިޖް ގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.

ރާއްޖޭގެ ވޭޕްގެ ބާވަތްތައް ބިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

އިލެކްޓްރޯނިކް ސިނގިރެޓާއި، ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާކުރި ފަހުން، މިހާތަނަށް 66،000 އަށްވުރެ ގިނަ ވޭޕް ސާމާނު ހިފެހެއްޓިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިދިޔަ މަހު ހާމަކޮށްފައިވެއެވެ

E living
ކޮމެންޓް
E living
ފަހުގެ
HDC