
ރައްޔިތުން އެދެނީ ރައްކާތެރިކަން ކަށަވަރުވާން، އެކަން ކުރާނީ ދިވެހި ފުލުހުން: އިހްސާން
# ދާޚިލީ ވަޒީރު# ރައީސް މުއިއްޒު# ދިވެހި ފުލުހުންގެ ޙިދުމަތް# ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާފޮޓޯ: ޕޮލިސް
ދިވެހި ރައްޔިތުން އެދެނީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން 100 އިންސައްތަ ކަށަވަރުވެފައި އޮންނަން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

41ވަނަ ފުލުހުންގެ އަސާސީ ތަމްރީން ޕްރޮގްރާމުގެ ނިންމުން ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އެދެނީ ރާއްޖޭގެ ކޮންމެ ރަށަކީ ނުވަތަ ކޮންމެ އަނދިރި ހިސާބަކީ ރައްކާތެރިކަން ކަށަވަރުވެފައި އޮންނަ ތަނަކަށް ވެފައި އޮތުމުގެ ޔަގީންކަން ކަމަށެވެ.
ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަމުން އަދި ރާއްޖޭގެ ދުސްތޫރު ނަގަހައްޓަމުން އަންނަ މުއައްސަސާއެއްކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބައްޓަންވެފައި އޮންނަ މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ޚާއްސަ އިސްކަމެއް ދެއްވާ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، އަސާސީ ތަމްރީން ފުރިހަމަނުކޮށް ތިބި 1000އަށްވުރެ ގިނަ ފުލުހުން ތިބި ކަމަށެވެ.
މީގެތެރެއިން މިހާތަނަށް 966 ފުލުހުން ތަމްރީން ފުރިހަމަކޮށްފަވާއިރު، އަންނަ ޖެނުއަރީގައި ފަށާ ބެޗުގައި ބާކީ ތިބި ފުލުހުން ބައިވެރިވާނެކަން ވަޒީރުގެ ފާހަގަކުރެއްވިއެވެ.
އަދި ސަރުކާރުގެ ސިޔާސަތު މި ދާއިރާއިން ގެންގުޅެމުންދަނީ މައިގަނޑު 4 ސިޔާސަތެއްގެ މައްޗަށްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިއިން ކޮންމެ ކަމެއް ގޮސް ގުޅެނީ ރައްޔިތުންނަށް ބޭނުންވާ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމަށެވެ.
ވަޒީރު ވަނީ މި މިޝަންތައް ހާސިލް ކުރުމަށްޓަކައި މަސައްކަތްކޮށްދެއްވުމަށް ދަސްވެނިންގެ ކިބައިން އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ވަޒީރު ވަނީ ރިޝްވަތުގެ ހުށައެޅުންތަކަށް ނޫނެކޭ ބުނެ މަޤާމުގެ ކުރިއެރުންތަކާއި، ތަފާފު މާލީ މަންފާތައް ހޯދައިދިނުމުގެ ހުށައެޅުންތަކަށް ނޫނެކޭ ބުނެ ޤައުމީ ވާޖިބު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ގުޅުންހުރި

މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 2 އިން މީހަކު ހައްޔަރުކޮށްފި

ދިގުރަށު އަލިފާނުގެ ހާދިސާ: ފުލުހުންގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ތަހުގީގު ޓީމެއް އެރަށުގައި!
ވޭމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

.gif&w=3840&q=75)



