
ރައީސް، މާދަމާ ރޭ ބައްދަލުކުރައްވާނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ
# ރައީސް މުއިއްޒު# ކުދި އަދި މެދު ފަންތީ# ވިޔަފާރިވެރިންފޮޓޯ: ގާފު އޮންލައިން
ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އަންނަ ބުދަ ދުވަހުގެ ރޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއި ބައްދަލުކުރައްވަން ނިންމަވައިފިއެވެ.

ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބުދަ ދުވަހުގެރޭ، ސޯޝަލް ސެންޓަރުގައި ބާއްވަވާ ފުރަތަމަ ބައްދަލުކުރެއްވުން ޚާއްސަކުރެވިފައި ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށް ކަމަށެވެ.
އެގޮތުން މިއީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ޚިޔާލާއި މަޝްވަރާ ހޯއްދަވާ، ރައްޔިތުން ކަންބޮޑުވާ ކަންކަން ޙިއްސާ ކުރައްވާ، ބޭނުންފުޅުވާ ކަންކަން ސީދާ އަޑުއެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުމެއްކަމުގައި ހީނާ ހާމަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މާދަމާ ރޭ 8:30 ގައި، ސޯޝަލް ސެންޓަރުގައެވެ.އެހެންކަމުން މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށް ސަރުކާރުން ވަނީ ދައުވަތު އަރުވާފައެވެ.
ގުޅުންހުރި

ރައީސް، މާދަމާ ރޭ ބައްދަލުކުރައްވާނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ

އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ސްރީލަންކާގައި ފަށައިފި

ރައްޔިތުން އެދެނީ ރައްކާތެރިކަން ކަށަވަރުވާން، އެކަން ކުރާނީ ދިވެހި ފުލުހުން: އިހްސާން





