
މިއިން ޒަމާނަކު މަސްވެރި ސިނާއަތަށް އިންވެސްޓު ނުކުރާ ވަރަށް މި ސަރުކާރުން އިންވެސްޓުކޮށްފި - ޝިޔާމް
# މަސްވެރިން--
މިއިން ޒަމާނަކު މަސްވެރިކަމުގެ ސިނާޢަތަށް ސަރުކާރަކުން އިންވެސްޓް ނުކުރާ ވަރުގެ ބޮޑު އިންވެސްޓްމަންޓްތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކޮށްފައިވާ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވަޒީރު ވިދާޅުވީ މި ސަރުކާރު ޙަވާލުވި އިރު މަސްވެރިކަމުގެ ސިނާޢަތް އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގެ ދުރު ވިސްނުމެއް މީގެ ކުރީ އެއްވެސް ސަރުކާރަކުން ގެންގުޅެފައި ނުވާކަމަށާ ހޯދާފައި ހުރީ ވަގުތީ ޙައްލު ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މަސްވެރި ސިނާއަތް ތަރައްގީކުރުމަށް ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށެވެ. މީގެ ކުރީސަރުކާރުން ސިޔާސީ ބޭނުމަށްޓަކައި މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާ އަށް ބޮޑުކުރިކަން ފާހަގަ ކުރައްވަމުން ވަޒީރު ވިދާޅުވީ އެ އަގުގައި ބެހެއްޓިނަމަ ސަރުކާރުން މިފްކޯއަށް އަހަރަކު 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހުނީސް ކަމަށެވެ. އެކަމުގެ ސަބަބަުން އަމިއްލަ ކުންފުނިތައް ބަނގުރޫޓުވާ ހިސާބަށް ދިޔަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި ސަރުކާރުން މަސްވެރިންގެ ހުރިހާ ކަންބޮޑުވުމަކަށް ޖުމްލަ ހައްލު ހޯއްދަވައިދެއްވާނެކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އެކިއެކި ވުޒާރާތަކާއި މިނިސްޓްރީގެ ޓީމުން ކުރި މަސައްކަތުން 4.5 ބިލިއަން ރުފިޔާގެ މަޝްރޫޢުތައް ފަށާފައިވާ ކަމަށާ އެ މަޝްރޫއުތައް ކުރިއަތް އޮތް 2 އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ މިއިން ޒަމާނަކު މަސްވެރިކަމުގެ ސިނާޢަތަށް އެހެން އެއްވެސް ސަރުކާރަކުން އިންވެސްޓް ނުކުރާ ވަރުގެ ބޮޑު އިންވެސްޓްމަންޓްތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރަށް ވަޒީރު ވިދާޅުވީ މިފަސް އަހަރު ނިމޭއިރު ދިވެހިރާއްޖޭގައި އެއްފަހަރާ 25000 ޓަނު މަސް ރައްކާކުރެވޭނެ ގާބިލްކަން އިތުރުކުރެވިގެންދާނެ ކަމަށާ މިގޮތުން ގިނަ ޕްރޮޖެކްޓްތައް ހިންގުމަށް ރާވާފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ މި ފަސް އަހަރު ނިމިގެންދާއިރު މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލުތަކެއް ލިބިގެންދާނެ ކަމަށެވެ.
ގުޅުންހުރި

މިއިން ޒަމާނަކު މަސްވެރި ސިނާއަތަށް އިންވެސްޓު ނުކުރާ ވަރަށް މި ސަރުކާރުން އިންވެސްޓުކޮށްފި - ޝިޔާމް

މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް އަމާޒުކޮށް ޤާއިމުކުރި ފުރަތަމަ ފިއުލް ސްކިޑް ރައީސް ހުޅުވައިދެއްވައިފި

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކާ ކުރިއަށްގެންދިޔަ "މަސްވެރިންގެ ފޯރަމް" ކާމިޔާބު ކަމާއެކު ނިންމާލައިފި





