
މަސްކިރުވި ދޯނިތަކަށް 1.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި
# މަސްވެރިކަން# ރައީސް މުއިއްޒު# މަސްވެރިންފޮޓޯ: ފިޝަރީޒް މިނިސްޓްރީ
މަސްދޯނިފަހަރުން 21 ޖަނަވަރީ 2026 ގެ ނިޔަލަށް މިފްކޯ އަށް މަސްކިރުވި ދޯނިތަކަށް 1.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.

މީގެ ތެރޭގައި މިފްކޯއަށް ކިރުވާ ކަންނެލީގެ ފައިސާ ވެސް ހިމެނެއެވެ. މިފައިސާ ޖަމާކޮށްފައިވަނީ 23 ޖަނަވަރީ 2026 ވަނަ ދުވަހުއެވެ. ކަޅުބިލަމަހާއި ކަންނެލި މަސްދޯނިތައް ހިމެނޭހެން ޖުމްލަ 19 ދޯންޏަކުން ކިރުވި މަހަށް 1،172،640 ރުފިޔާ ވަނީ ދޫކޮށްފައެވެ.
މިފްކޯއިން ފައިސާ ދޫކުރި ގޮތުގެ ތަފްސީލަށް ބަލާއިރު، 10 މަސްދޯންޏަކުން ކިރުވި ކަޅުބިލަ މަހަށްވާ 781،784.00 ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި 3 ދޯންޏަކުން ކިރުވި ކަންނެލި (10 ކިލޯއިން މަތި) މަހަށްވާ 343،546.00 ރުފިޔާ އާއި 6 ދޯންޏަކުން ކިރުވި ކަންނެލި ( 15ކިލޯއިން މަތި) މަހަށްވާ 47،310.00 ރުފިޔާ ދޫކޮށްފައިވެއެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުހަނު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު ސިޔާސަތެކެވެ. މީގެއިތުރަށް މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމާއި، ފައިސާ ދޫކުރުމުގެ އިންތިޒާމުތައް ހަރުދަނާކޮށް ހަލުވިކުރުމަކީވެސް ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
ގުޅުންހުރި

ހިިޖުރީ އާއަހަރުގެ ތަހުނިޔާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ރައީސް ފޮނުއްވައިފި

ބައިބައިވުންތައް އެއްކިބާކޮށް ޤައުމީ މަޞްލަޙަތު ކުރިއަށް ނެރުމަކީ ހިޖުރީ އައު އަހަރުގެ އެންމެ މުހިންމު ފިލާވަޅު - ރައީސް

ޕޭޕަލް ރާއްޖެއަށް: ޑިޖިޓަލް އިޤްތިޞާދުން ދިވެހި އުފެއްދުންތެރިން ދުނިޔެއަށް ނުކުތުމަށް ރައީސް ގޮވާލައްވައިފި




