
ހިތަދޫގެ ގެއެއްގެ ރޯވެ ބޮޑެތި ގެއްލުންތަކެއް: އެގޭގައި ދިރިއުޅެމުންދިޔަ 7 މީހަކަށް އެހީތެރިކަން ފޯރުކޮށްދެނީ
# އައްޑޫ ސިޓީ-
އައްޑޫ ސިޓީ ހިތަދޫގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ އިރާކޮޅު ރޯވީ އެ ހިތަދޫގެ އާޔާވިލާގޭގައި އެވެ. މި ހާދިސާގައި ގޭގައި ދިރިނޫޅެވެ ވަރަށް ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތޯރިޓީއިން ބުނީ ސ.ހިތަދޫ އާޔާވިލާގައި ރޭ ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން، ދިރިނޫޅެވޭ ވަރަށް އެގެއަށް ގެއްލުން ލިބިފައިވާތީ ، އެގޭގައި ދިރިއުޅެމުންދިޔަ 7 މީހަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލާއި ގުޅިގެން ކުރަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އަދި މިހާތަނަށް ހާމައެއް ނުކުރެއެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުންގެ އަދި ސިފައިންގެ ރަސްމީބަހެއް ލިބިފައި ނުވެއެވެ. އެގޭގައި ރޭ ރޯވި އަލިފާންގަނޑު ނިއްވާލީ އެމްއެންޑީއެފްގެ ސަދަން އޭރިއާ ފަޔާ ފައިޓަރުން ކުރި މަސައްކަތުންނެވެ.
ގުޅުންހުރި

ހިތަދޫގެ ގެއެއްގެ ރޯވެ ބޮޑެތި ގެއްލުންތަކެއް: އެގޭގައި ދިރިއުޅެމުންދިޔަ 7 މީހަކަށް އެހީތެރިކަން ފޯރުކޮށްދެނީ

އައްޑޫން ހިފެހެއްޓި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި

އައްޑޫ އިން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑުންތަކެއް ހައްޔަރުކޮށްފި





