
-
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނަށް ރީނދޫ ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރުނީ ލ އަތޮޅުން ފެށިގެން ގދ އަތޮޅާއި ހަމައަށް މިރޭގެ 04:15 އިން ފެށިގެން ހެނދުނު 08:00 ގެ ނިޔަލަށެވެ.
އެގޮތުން ހުދު ސަމާލުގެ މުއްދަތުގައި ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެ ކަމަށާއި ކަނޑުތައްވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން ދެކުނަށް ވަނީ ވަރަށް ބޮޑަށް މޫސުން ގޯސްވެފައި އެވެ. އެގޮތުން ތިނަދޫ ސިޓީއަށް އާދީއްތަ ދުވަހުގެ ފަތިހު ކުރި ވިއްސާރާގައި އެސިޓީގައި ވަރަށް ބޮޑަށް ފެންބޮޑުވެ ގިނަ އަދަދެއްގެ ގެތަކަށް ވަނީ ފެންވެސް ވަދެފައި އެވެ.
ގުޅުންހުރި

އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު: ކަނޑުތައް ގަދަވާނެ!

މޫސުމީ ބަދަލުތަކާ ގުޅޭ ޖެންޑަރ އެކްޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށައިފި

މެޓް އޮފީހަށް 47 އަހަރުދުވަހު ހިދުމަތް ކުރެއްވުމަށްފަހު އަލީ ޝަރީފް ރިޓަޔާކުރައްވައިފި

.gif&w=3840&q=75)



