
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކާ ކުރިއަށްގެންދިޔަ "މަސްވެރިންގެ ފޯރަމް" ކާމިޔާބު ކަމާއެކު ނިންމާލައިފި
# މަސްވެރިން-
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކާ ކުރިއަށްގެންދިޔަ "މަސްވެރިންގެ ފޯރަމް" ކާމިޔަބު ކަމާއެކު ނިންމާލައިފިއެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކާ ބޭއްވި މަސްވެރިންގެ ފޯރަމް ކުރިއަށްގެންދިޔައީ މިމަހުގެ 10 ވަނަ ދުވަހާއި 11 ވަނަ ދުވަހުއެވެ.
މަސްވެރިންގެ ފޯރަމްގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއާއި މި ވުޒާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ދުވާފަރުގެ މަސްވެރިންނާއި އެކި ރަށްރަށުގެ މަސްވެރިން މި ފޯރަމްގައި ބައިވެރިވިއެވެ. މި ފޯރަމްގައި 9 އަތޮޅަކުން 47 މަސްވެރިންނާއި 4 މަސް ޕްރޮސެސްކުރާ ކުންފުންޏަކުން ބައިވެރިވިއެވެ.
މަސްވެރިންގެ ފޯރަމްގެ މައިގަނޑު މަގްސަދަކީ މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަސްވެރިންނަށް މި ސިނާއަތާއި ގުޅުންހުރި އެކިއެކި މައުލޫމާތު ފޯރުކޮށްދީ ސިނާއަތުގައި ހުރި ދަތިތައް ހައްލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމާ ގުޅޭގޮތުންވެސް މި ފޯރަމްގައި މަޝްވަރާކޮށްފައިވެއެވެ.
މަސްވެރިންގެ ގުންޒަރުގައި ކުރިއަށްގެންދިޔަ ސެޝަން ތަކުގައި އެމް.އެން.ޑީ.އެފް ކޯސްޓް ގާރޑް، އެމް.އެފް.އޯ.އާރް.އެމް.ޕީ.ސީ، އެމް.އެސް.ޕީ.އީ.އޭ އަދި ބީ.އެމް.އެލްގެ ފަރާތުން ސެޝަންތައް ނަގައިދީފައިވޭ.
މި ފޯރަމްގައި ވާހަކަ ދައްކަވަމުން ވަޒީރު އަހުމަދު ޝިޔާމް ވަނީ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަށް ވުޒާރާއިން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ގުޅުންހުރި

މަސްކިރުވި ދޯނިތަކަށް 1.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

މެރިކަލްޗާރ ޓްރެއިނިންގ ކޯސް ފަށައިފި

މިއިން ޒަމާނަކު މަސްވެރި ސިނާއަތަށް އިންވެސްޓު ނުކުރާ ވަރަށް މި ސަރުކާރުން އިންވެސްޓުކޮށްފި - ޝިޔާމް

.gif&w=3840&q=75)



