logoEN
Sto top
ރާއްޖެއާއިއެކު މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ލަންކާ ކެބިނެޓުން ރުހުން ދީފި

ރާއްޖެއާއިއެކު މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ލަންކާ ކެބިނެޓުން ރުހުން ދީފި

އަހުމަދު ޝުރާއު

logo

12/11/2025, 11:43:48 AM

# ރާއްޖެ - ސްރީލަންކާ

-

ރާއްޖެއާއިއެކު މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ލަންކާ ކެބިނެޓުން ރުހުން ދީފި އެވެ.

Wamco

ލަންކާގެ ނޫސްތަކުން މިއަދު ރިޕޯޓުކުރާ ގޮތުގައި ސިއްހީ ދާއިރާއިން ޕޯސްޓްގްރެޖުއޭޓް ހާސިލުރާ ފަރާތްތަކަށް އެހީވުމަށާއި ކުޅިވަރާއި ޒުވާނުން ބިނާކުރުމުގެ ދާއިރާއާއި ގުޅޭ މުހިންމު ދެ އެމްއޯޔޫއެއްގައި ރާއްޖެއާއިއެކު ސޮއިކުރުމަށް ލަންކާގެ ކެބިނެޓުން މިއަދު ވަނީ ފާސްކޮށްފައި އެވެ.

މިގޮތުން މިއަދު ރުހުންދިން އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ އެއް އެއްބަސްވުމަކީ ޕޯސްޓްގްރެޖުއޭޓް ތައުލީމުގައި އެއްބާރުލުން ފުޅާކުރުމަށް ޔުނިވާސިޓީ އޮފް ކޮލަމްބޯ އާއި ރާއްޖޭގެ މިނިސްޓްރީ އޮފް ހެލްތު އާއި ދެމެދު ސޮއިކުރެވޭ އެމްއޯޔޫއެވެ. މި އެއްބަސްވުމުގެ ދަށުން، ޕޯސްޓްގްރެޖުއޭޓް އިންސްޓިޓިއުޓް އޮފް މެޑިސިންގެ އެހީތެރިކަމާއެކު، ރާއްޖޭގެ މެޑިކަލް އޮފިސަރުންނާއި ޑެންޓަލް ސާޖަން އަށް ލަންކާއިން ތަމްރީން ދިނުމަށް ވަނީ ހަމަޖެހިފައި އެވެ. މީގެ އިތުރުންވެސް މި އެއްބަސްވުމުގައި ސިއްހީ ފަރުވާގެ ބޭނުންތަކަށް ބަލާފައި ކުރު މުއްދަތަކަށް ނުވަތަ ދިގު މުއްދަތަކަށް ރާއްޖެއަށް ސްޕެޝަލިސްޓް މެޑިކަލް އޮފިސަރުން ލަންކާއިން ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުންވެސް ހިމެނިފައިވެއެވެ.

މި ޕްރޮޕޯސަލް ލަންކާގެ ކެބިނެޓަށް ހުށަހެޅުއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން، އެންޑް ޕްރޮފެޝަނަލް އެޑިއުކޭޝަންގެ ހައިސިއްޔަތުވެސް އަދާކުރައްވާ އެގައުމުގެ ބޮޑުވަޒީރު އެވެ.

މިއަދު ލަންކާ ކެބިނެޓުން ރުހުންދިން ދެވަނަ އެއްބަސްވުމަކީ ދެގައުމުގެ ދެމެދުގައި ކުޅިވަރާއި ޒުވާނުންގެ ތަރައްގީއާ ގުޅޭ އެމްއޯޔޫއެކެވެ. މި އެއްބަސްވުމުގެ މަގުސަދަކީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރު ކުޅުމާއި، ލީޑަޝިޕް ތަރައްގީކުރުމާއި، މުއައްސަސާތަކުގެ ޕާޓްނަޝިޕްތަކުގައި އެއްބާރުލުން ދިނުމަށް ސްޓްރަކްޗަރޑް ފްރޭމްވޯކެއް އުފެއްދުމެވެ. އެގޮތުން ޖޮއިންޓް ޕްރޮގްރާމްތަކާއި، ތަޖުރިބާ ބަދަލުކުރުމާއި، ކެޕޭސިޓީ ބިލްޑިންގ އިނިޝިއޭޓިވްތައް މި އެމްއޯޔޫގައި ހިމެނެއެވެ.

މި ޕްރޮޕޯސަލް ލަންކާ ކެބިނެޓަށް ހުށަހެޅުއްވީ އެގައުމުގެ މިނިސްޓަރ އޮފް ޔޫތު އެފެއާޒް އެންޑް ސްޕޯޓްސްއެވެ.

މައުލޫމާތު ލިބޭގޮތުގައި މި ދެ އެެއްބަސްވުމުގައި ސޮއިކުރާނީ ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ދާދި އަވަހަށް ސްރީލަންކާއަށް ކުރައްވަން ނިންމަވާފައިވާ ރަސްމީ ދަތުރުފުޅުގައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC