logoEN
Sto top
ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި ބޮލީވިއާގެ ކުރީގެ ރައީސް ހައްޔަރުކޮށްފި

ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި ބޮލީވިއާގެ ކުރީގެ ރައީސް ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

12/11/2025, 11:33:34 AM

# ބޮލީވިއާ

-

ކޮރަޕްޝަންގެ ތަހުގީގެއްގެ ތެރެއިން ބޮލީވިއާގެ ކުރީގެ ރައީސް ލުއިސް އާސޭ ހައްޔަރުކޮށްފި އެވެ.

Wamco

ކުރީގެ ރައީސް ލުއިސް އާސޭ ހައްޔަރުކޮށްފައިމިވަނީ އެގައުމުގެ 20 އަހަރުވީ ސޯޝަލިސްޓް ވެރިކަން ނިމި ކޮންޒަވޭޓިވް ރައީސް ރޮޑްރިގޯ ޕާޒް ސަރުކާރާއި ހަވާލުވިތާ މަހެއްވެސް ނުވަނީހެވެ.

ޕާޒްގެ ސަރުކާރުގެ އިސް އޮފިޝަލެއް ކަމަށްވާ މާކޯ އެންޓޯނިއޯ އޮވިއެޑޯ ބުދަ ދުވަހު ވިދާޅުވީ އާސޭ ހައްޔަރުކޮށްފައިވަނީ ކަރިޒަމާޓިކް ކުރީގެ ލީޑަރު އީވޯ މޮރާލެސް (2006-2019) ގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ދުވަސްވަރު އާންމު ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ކަމަށެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފެއްދި ފުލުހުންގެ ޚާއްސަ ބާރަކުން ދަ އެސޯސިއޭޓެޑް ޕްރެސް ނިއުސް އެޖެންސީއަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި އާސް ބަންދުގައި ހުރީ ބޮލީވިއާގެ ވެރިރަށް ލާ ޕާޒްގައި ހުންނަ އެ ޔުނިޓްގެ މައި މަރުކަޒުގަ އެވެ.

އާސޭ ހައްޔަރުކުރުމަކީ އާ ސަރުކާރުން އެންމެ މަތީ ފެންވަރުގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ކަމުގެ ހެއްކެއް ކަމަށް އޮފިޝަލުން ސިފަކުރިނަމަވެސް އާސޭގެ ސަޕޯޓަރުން ބުނަމުންދަނީ އޭނާ ހައްޔަރަކީ ހައްގު ހައްޔަރެއް ނޫންކަމަށާއި އެއީ ސިޔާސީ ފިތުނަތަކެއް ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC