
ފަޒުލް އަދި ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުދޭ ހެއްކެއް ހޯދިފައެއްނުވޭ: ޕީޖީ
# ފަޒުލް# އެޗްޑީސީ# ޕީޖީ އޮފީސްފޮޓޯ: ގާފު އޮންލައިން
އެޗް.ޑީ.ސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދާއި، އައިޓީ ހެޑް ޢަބްދުالله ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުދޭ ހެއްކެއް ހޯދިފައިނުވާ ކަމަށް ޕީޖީ އޮފީހުން ހާމަކޮށްފިއެވެ.

އެޗް.ޑީ.ސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދާއި، އައިޓީ ހެޑް ޢަބްދުالله ޝުހޫދު އެ ކުންފުނީގެ ލިޔުންތަކެއް ނައްތާލާފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅޭގޮތުން ޕީޖީން ބުނީ އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރި އިބްރާހީމް ފަޒުލް ރަޝީދު އަދި އެ ކުންފުނީގެ އައި.ޓީ ހެޑް ޢަބްދުﷲ ޝުހޫދު، އެ ކުންފުނީގެ ސަރވަރގައި ހުރި ލިޔުންތަކެއް ރިކަވަރ ނުކުރެވޭ ގޮތަށް ޑިލީޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލާގައި ޖިނާއީ ދަޢުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައިވާ ނުވާތީ، މައްސަލަ ޑިކްލައިންކޮށްފައިވާ ކަމަށެވެ.
އަދި މި މައްސަލާގައި އިބްރާހީމް ފަޒުލް ރަޝީދާއި، ޢަބްދުالله ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަކީ، ޖިނާއީ ތަޙުޤީޤެއްގައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ލިޔުންތަކެއް އެޗް.ޑީ.ސީގެ ސަރވަރގެ ތެރެއިން ޑިލީޓްކޮށްލާފައިވާތީ، ޢަދުލު އިންޞާފު ޤާޢިމުކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުކަން ޕީޖީން ފާހަގަކުރެއެވެ.
ޕީޖީން ބުނީ އެޗްޑީސީގެ އައިޓީ ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި، އެޗް.ޑީ.ސީގެ ސަރވަރ ތެރެއިން އެއްވެސް ލިޔުމެއް ނުވަތަ ޑާޓާއެއް ޑިލީޓްކޮށްފައި ނުވަތަ ގެއްލިފައި ނުވާކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އަދި ފުލުހުންގެ ތަޙުޤީޤު ރިޕޯޓުގައި، އިބްރާހީމް ފަޒުލް ރަޝީދާއި، ޢަބްދުالله ޝުހޫދު، އެޗް.ޑީ.ސީގެ ސަރވަރ ތެރެއިން އެއްވެސް ލިޔުމެއް ނައްތާލާފައިވާކަން ތަޙުޤީޤަށް ހޯދިފައިނުވާ ކަމަށާއި އެ ދެ މީހުންގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުދޭ ހެއްކެއް ހޯދިފައި ނުވާ ކަމަށެވެ.
ފަޒުލްއަށް ދައުވާ ކުރީ ބިންވެރިޔާ ސްކީމްގެ ދަށުން ލިސްޓުގައި ނެތް ބަޔަކަށް ގޯތި ދިންކަމަށް ތުހުމަތުކުރެވޭ މައްސަލާގައެވެ.
ގުޅުންހުރި

ފަޒުލް އަދި ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުދޭ ހެއްކެއް ހޯދިފައެއްނުވޭ: ޕީޖީ

ހުޅުމާލޭގައި ދެ ހާހެއްހައި ވެހިކަލް ޕާކުކުރެވޭނެ ސަރަހައްދުތަކެއް ކަނޑައަޅައިފި

އެޗްޑީސީގެ ވެބްސައިޓަށް އޭއައި ބޮޓު 'މިތުރު' އަދި އެކްސެސިބިލިޓީ އިތުރުކޮށް އާ ފީޗާސްތަކެއް!





