
އައްޑޫން ހިފެހެއްޓި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި
# ސިނގިރޭޓު# މޯލްޑިވްސް ކަސްޓަމްސް# އައްޑޫ ސިޓީފޮޓޯ: ކަސްޓަމްސް
ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އައްޑޫން ހިފަހައްޓާފައި ހުރި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައި ވަނީ ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް 1,830,000 (އެއް މިލިއަން އަށްލައްކަ ތިރީސްހާސް) ސިނގިރޭޓު ސްޓިކްސް ނައްތާލާފައިވާ ކަމަށެވެ.
އެ ތަކެއްޗަކީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމަންޓެއް، ހިތަދޫ ކަސްޓަމްސް އިން ބަލައި ފާސްކުރުމުގެ ތެރޭގައި އައްޑޫ ހިތަދޫ ޕޯޓުން އަތުލައިގެންފައިވާ ސިނގިރޭޓް ކަމަށް ކަސްޓަމްސްގެ ބަޔާނުގައިވެއެވެ.
މި ސިނގިރޭޓުތައް ނައްތާލީ އައްޑޫ ހިތަދޫ ޕޯޓް ލިމިޑެޓް ސަރަހައްދުގައެވެ.
އައްޑޫއަށް އެތެރެކުރި ސިނގިރޭޓުތަކެއް ނައްތާލިއިރު ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 3,183,040 (ތިން މިލިއަން އެއްލައްކަ އަށްޑިހަ ތިންހާސް ސާޅީސް) ސިނގިރޭޓް ނުވަތަ 199 ކޭސް ސިނގިރޭޓް މި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައިވެސް ވަނީ ނައްތާލާފައެވެ.
މިތަކެއްޗަކީ ޤާނޫނާ ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްގެ ބަލައިފާސްކުރުމުގެ ތެރެއިން ހޯދިފައިވާ ތަކެތިކަމަށް އެ މުޢައްސަސާއިން މީގެ ކުރިން ހާމަކޮށްފައިވެއެވެ.
އަދި މި ތަކެތި ނައްތަލާފައި ވަނީ ދޫނިދޫގައެވެ.







