logoEN
Sto top

ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް، ގ. ހާފްސީ، އަޙްމަދު މަޚްލޫފް މިއަދު ޢައްޔަންކުރައްވައިފިއެވެ.އަޙްމަދު މަޚްލޫފް ސަފީރުކަމަށް ޢައްޔަންކުރެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

Wamco

މަޙްލޫފަކީ، ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

މަހުލޫފް ވަނީ އޭނާގެ މި ނިންމުމާއިމެދު އެއްވެސް މެންބަރެއްގެ ހިތްހަމަނުޖެހުމެއް އޮތްނަމަ އެކަމަށް މައާފަށްއެދޭ ކަމަށާއި ހިތްބުރަކަމެއް ނުބާއްވާ، އަދިވެސް އެކުވެރިކަން އޮންނާނޭކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައި އެވެ.

މަޙްލޫފް ސިޔާސީ ދާއިރާއަށް ނިކުންނެވީ، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ޑީއާރުޕީންނެވެ. އޭގެފަހުން އޭނާ ވަނީ، އެމްޑީޕީއާ ގުޅިވަޑައިގަތް ނިމިދިޔަ ވެރިކަމުގައި ކުޅިވަރާއި ބެހޭ ވަޒީރުކަންވެސް ފުރުއްވާފައެވެ. ސިޔާސީ މަސައްކަތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ މަޙްލޫފް އެމްޑީޕީން ވަކިވެވަޑައިގެން ޕީއެންސީއާ ގުޅިވަޑައިގަތީ، މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ރޭ ޕީއެންސީން ބޭއްވި ޚާއްސަ ޖަލްސާގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC