
-
ގަމު އިންޖީނުގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން މުޅި ގަމުން ކަރަންޓު ކެނޑިފައިވީ ނަމަވެސް މިރޭގެ ވަގުތެއްގައި ގަމުގެ ބޮޑު ބަޔަކަށް ކަރަންޓް ދެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

އެކުންފުނީން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ، މި ހާދިސާއާ ގުޅިގެން މުޅި ރަށުން ކަރަންޓު ކެނޑިފައިވާތީ މި ދަނޑިވަޅުގައި މަސައްކަތް ކުރަމުން ދަނީ ވީހާވެސް އަވަހަށް ރައްޔިތުންނަށް ކަރަންޓް ދިނުމަށް ކަަމަށެވެ. މިގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން މިރޭގެ ވަގުތެއްގައި ރަށުގެ ބޮޑު ބަޔަކަށް ކަރަންޓް ދެވޭނެ ކަަމަށް ލަފާ ކުރެވޭ ކަމަށް ފެނަކައިން ވިދާޅުވެއެވެ.
މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ރޯވީ އެރަށުގެ އިންޖީނުގޭގެ ދެ އެނެކްސްގެ ތެރެއިން އެނެކްސް އެކެއްގައެވެ. އެނެކްސް ދެއަކަށް އަލިފާނުގެ އަސަރުކޮށްފައިނުވާކަމަށް ފެނަކައިން ވިދާޅުވެއެވެ.
ފެނަކައިން ވިދާޅުވީ މި ހާދިސާއާއި ގުޅިގެން މިހާތަނަށް ބެލިބެލުމުން (ވިޝުއަލް އިންސްޕެކްޝަން) އިން ފާހަވެފައިވާ ގޮތުން، ގެއްލުން ވެފައި ވަނީ އެ ރަށަށް ކަރަންޓް ދޭ ފަސް އިންޖީނުގެ ތެރެއިން އެއް އިންޖީނަކަށް ކަމަށާއި މި ހާދިސާގެ ސަބަބުން އިންޖީނުގެއަށާއި، ޕެނަލްތަކަށް ދިމާވި މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ހައްލު ކުރުމުގެ މަސައްްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން މި ހާދިސާއާއި ގުޅިގެން ފެނުގެ ހިދުމަތަށްވެސް ބުރޫ އެރި ނަމަވެސް މިހާރު އެރަަށަށް ފެނުގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށްވެސް ފެނަކަ އިން ވިދާޅުވެފައި ވެއެވެ. ނަރުދަމާ ނިޒާމުގެ މަސައްކަތަށް ހާއްސަ ޓީމްތަކުން އަންނަނީ އެރަށުގެ ނަރުދަމާ ނިޒާމުގައި އެއްވެސް މައްސަލައެއް އުޅޭތޯ ބަލަމުން ކަމަށްވެސް ފެނަކަ އިން ވިދާޅުވެފައި ވެއެވެ.
ފެނަކައިން ވަނީ މި ހާދިސާގެ ސަބަބުން ލ. ގަމުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދި އަދި މިފަދަ ދަނޑިވަޅުގައި ރައްޔިތުން ދެއްވާ އެހީތެރިކަމާއި، އެއްބާރުލުމަށް ޝުކުރު ދަންނަވާފައި އެވެ.
ގުޅުންހުރި

މިރޭގެ ވަގުތެއްގައި ގަމުގެ ބޮޑު ބަޔަކަށް ކަރަންޓް ދެވޭނެ - ފެނަކަ

ނިމުނު ނޮވެމްބަރު މަހަށް ފުވައްމުލައް ސިޓީގެ ފެނަށް ބިލްނުކުރަން ފެނަކައިން ނިންމައިފި

ފެނަކައިގެ ކުރީގެ ދެ ވެރިއަކަށް ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ!





